A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ހައިރިސްކް ދެމީހުން ކޯވިޑް ފެިލިޓިއަށް ބަދަލުކުރަނީ. ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލަކު ސިޓީގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހަކު އިއްޔެ ފުވައްމުލަކު ސިޓީއިން ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ޖެހިގެން ފުވައްމުލަކު ސިޓީއިން ނިޔާވެފައިވަނީ 3 ވަނަ ފަރާތެވެ. މިއަދަދާއިއެކު ރާއްޖެއިން ކޮވިޑް ރޯގާ ޖެހިގެން ނިޔާވެފައިވާ މީހުން އަދަދުވަނީ 271 އަރާފައި ކަމަށް އެޗްޕީއިން ހާމަކުރެެއެވެ.

އިއްޔެ ފުވައްމުލަކު ސިޓީއިން ނިޔާވެފައިވަނީ ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ފިރިހެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. މިމީހާ މަރުވެފައިވަނީ އިއްޔެ ހަވީރު 4:55 ގައެވެ.

ފުވައްމުލައް ސިޓީގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެސިޓީއިން ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 3 މީހެކެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން ކޮވިޑް ޖެހިގެން ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރި އެހެން ފިރިހެނަކު ވެސް އެބަލިން ރަނގަޅުވި ފަހުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް އެފަރާތުގެ އާއިލީ މީހަކު މިކަލް ނޫހަށް ކުރިން މައުލޫމާތު ދީފައި ވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ހާމަކުރި އިއްޔެގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަދިވެސް ކޮވިޑް ރޯގާ ޖެހޭ މީހުންގެ ނިސްބަތް ދަނީ އިތުރުވަމުންނެވެ. މިހާރުގެ ހިސާބުތަކަށް ބަލާއިރު މިރޯގާ ޖެހޭ މީހުންގެ ނިސްބަތް އުޅެނީ 34 އިންސައްތައިގައެވެ. އެހެންކަމުން، މިރޯގާއަށް ޓެސްޓް ކުރެވޭ ކޮންމެ 3 މީހަކުން އެކަކަށްވުރެ ގިނަ މީހުންނަށް މިރޯގާ ޖެހެއެވެ. މިއްޔެގެ ނިޔަލަށް މިރޯގާ ޖެހިގައިވާ 245 މީހަކު ފުވައްމުލަކު ސިޓީގައި ވާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ދިގުވާނޑު އަވަށުންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !