A wide advertisement which will be shown on all devices. (700 x 100)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަތުން 25 މާރިޗް 2022

އެންމެ ދެކުނުގެ ދެއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސުލް ޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލި މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

މިއަދު ހަވީރު ފުވައްމުލަކުގެ އެއާޕޯރޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނާއިބުރައީސް ފައިސަލް ނަސީމުއާއި ފުވައްމުލައް ސިޓީ ކައުންސިލް މެމްބަރުންނާއި ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލައް ސިޓީ ތަމްސީލުކުރައްވާ މެމްބަރުންނެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ހިމެނޭ ދައުލަތުގެ އިސް ފަރާތްތަކުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެނޫންވެސް އާއްމުންގެ ގިނަ މީހުން ރައީސަށް މަރުހަބާ ދެނެެވުމަށް ހާޒިރުވެފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަތުން 25 މާރިޗް 2022

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ މިދަތުރުފުޅުތަކުގެ ބޭނުމަކީ އެ ދެސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި އެ ދެ ސިޓީގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ބައްލަވާލެއްވުން ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ރައްޔިތުންގެ ބައްދަލުކުރައްވައި ޚިޔާލު ހޯއްދެވުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން މިރޭ އާއްމުކޮށް ހުޅުވާލައިގެން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ މާހެފުމެއް ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާރޗް 28 ވާ ހޯމަ ދުވަހުއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !