A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރމުގެ މަޝްރޫއުގެ ޑޯނަރު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށްފި

ފުވައްމުލަކު ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ޑޯނަރު އިންވެސްޓް އިންޓަނޭޝަނަލް (އޮރިއޯ) ކުންުފުނިން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ހޭޅިފަށާއި ގުޅޭ މައުލޫމާތު ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ޑޯނަރާއި ހިއްސާކޮށްފައެވެ.

މިބައްދަލުވުމަށްފަހު ޑޯނަރު އިންވެސްޓް އިންޓަނޭޝަނަލްގެ މުވައްޒަފުންވަނީ ހޭޅިފަށަށް ޒިޔާރަތްކޮށް ބައެއް ސަރަހައްދުތައް ބައްލަވާލައްވާފައެވެ. މީގެ އިތުރުން ޑޯނަރު މިދަތުރުގައި ފުވައްމުލަކު ސިޓީގެ ބައެއް މަދަނީ ޖަމާއަތްތަކާއި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވަނީ އެމް.ޓީ .ހޯގާޑް އާ ނިމިދިޔަ 2021 ވަނައަހަރު ޑީސެމްބަރު މަހު 12 ވަނަ ދުވަހު ހަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ އިންވެސްޓް އިންޓަނޭޝަނަލް، ނެދަލެންޑްސްގެ ގްރާންޓް އެހީ އާއި، ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ‏މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރު-އުތުރު ފަރާތުގައި 2.65 ކިލޯ މީޓަރުގެ ދިގުމުނުގެ ތޮއްޓެއް ބޮޑުހިލަ ބޭނުންކޮށްގެން ލުމަށް ޑިޒައިން ކުރެވިފައި ވެއެވެ.

މިއީ 300 މިލިޔަން ރުފިޔާ ހަރަދުކޮށްގެން 1 އަހަރާއި 8 މަސް ދުވަސް (606 ދުވަހުގެ) ތެރޭގައި ނިންމުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ. މިއީ ރާއްޖޭގެ ރަށެއްގައި ތޮށިލުމަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް މިނިސްޓަރު އަސްލަމު ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ފާއިތުވީ ސަރުކާރުތަކުންވެސް ވަނީ އެތަކެއްފަހަރުމަތިން ވައުދުވެފައެވެ. އަދި އެސަރަހައްދުތައްވަނީ އެތަކެއް ފަހަރަކު ބައްލަވާލައްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !