A wide advertisement which will be shown on all devices. (700 x 100)

ޤައުމީ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކަނޑު އުޅަނދު ބުރެއް ބާއްވަނީ

ފުވައްމުލަކުގެ ފަރުން މިޔަރު ގިނައިން ފެނޭ

ދިވެހި ރާއްޖެގެ ޤައުމީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ، ރަންޔޫބީލް މުނާސަބާ ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކަނޑު އުޅަނދު ބުރެއް ބާއްވަން ސިޓީ ކައުންސިލުން ތައްޔާރުވެއްޖެއެވެ.

މިއުޅަނދު ބުރު އޮންނާނީ އަންނަ ހޯމަ، 3 އޮކްޓޯބަރު 2022، ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ފުވައްމުލަކު ބަނދަރު ސަރަޙައްދުގައެވެ. މިބުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއް އެކުގައި އުޅަނދުތަކުގައި ބަނދަރު ސަރަޙައްދުގައި ބުރެއްޖެހުމަށް ވަނީ ރޭވިފައެވެ.

ޒުޥާން ކުދިންތަކެއް ބޮއްކުރާގައި ފުވައްމުލަކު ބަނދަރަށް ވަންނަނީ. ފޮޓޯ؛ މައިފުވައްމުލައް އެފްބީ

މި އުޅަނދު ބުރުގައި ބައިވެރިވާ ފަރާތްތަކަކީ:

ޏ.އަތޮޅު ތައުލީމީ މަރުކަޒު، (ޏ.އޭއީސީ)

ހާފިޒު އަހުމަދު ސްކޫލް (ހޭޒް)

ފުވައްމުލަކު ސްކޫލް (އެފްއެސް)

މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް)

ފުވައްމުލައް އެއާޕޯޓް

ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް މެޖިސްޓްރޭޓް ކޯޓް

ފުވައްމުލައް ޕޮލިސް ސްޓޭޝަން

ފުވައްމުލައް ޑައިވް ސްކޫލް

އެމްޓީސީސީ

ވެމްކޯ- ފުވައްމުލައް

ދިރާގު އެވެ.

މިހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ގައުމީ ހެދުމުގައި ނުވަތަ ގައުމީ ކުލައިގެ (ރަތް) ހެދުމުގައި ބަވެރިވުމަށް ފުވައްމުލައް ސިޓީ ކައުުންސިލުން އެދެއެވެ.

ފުވައްމްުލަކުަގައި ރާޅާއެޅުން ނުވަތަ ސާފިން ވެސް ފޯރިއާއެކު ކުރިޔަށްދޭ. ފޮޓޯ؛ މައިފުވައްމުލައް އެފްބީ

ދިވެހިރާއްޖޭގައި ފަތުރުވެކަން ފެށިއިވަނީ 1972 ވަނަ އަހަރުގައެވެ. އެއިގެން ފަހުން ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ތަރައްގީވެ ފުޅާވެފައެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ގިނަ އާމްދަނީ ލިބޭ މަސައްކަތުގެ ދާއިރާއެވެ. އަދި ދިވެހި ރާއްޖެއަށް ބޭނުންވާ ބޭރުފައިސާ އެންމެ ގިނައިން ލިބެނީ ވެސް ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

ދާދިފަހަކާ ޖެހެންދެން ވެސް ފަތުރުވރިކަމަކީ ފުވައްމުލަކަށް ސީދާ ގޮތުން، އެދާއިރާގައި ފުވައްމުލަކު މީހުން ވަޒީފާ އަދާ ކުރުން ފިޔަވައި، މާކަ ބޮޑު ގުޅުމެއް ހުރިކަމެއް ނޫނެވެ. އެއީ ފުވައްމުލަކުގައި ފަތުރުވެރިކަމުގެ އެއްވެސް ހަރަކާތެއް އޭރަކު ނުހިނގައެވެ. އަދި ފަތުރުވެރިކާއި ގުޅިފައިވާ ވިޔަފާރިތަކެއް ވެސް ނެތެވެ. ނަމަވެސް މިހާރު ފުވައްމުލަކުގައި ވެސް އަންނަނީ ފަތުރުވެރިަކން ފުލާވަމުންނެވެ. ހަމަ އެގޮތަށް މުޅިރާއްޖޭގައި ވެސް ފަތުރވެރިކަން ފުޅާވެގެން އަންނަ އިރު މިކމުގެ ނަފާވެރިކަން ފުވައްމުލަކަށް ވެސް އަންނަނީ ކުރަމުން ނެވެ. އެގޮތުން ގެސްޓް ހައުސް ތަކާއި ޑައިވިން ސެންޓަރުތައް ފުވައްމުލަކުގައި ވަނީ ގާއިމުކޮށް، ފަތުރުވެރިންނަށް ކޮންމެ ދުވަހަކު ވެސް ޚިދުމަތްދެމުން އާދެއެވެ.

ނެކްޓޯއިން އިން ފުވައްމުލަކުގެ ކަނޑުގައި ދިރާސާކުރި – އަޑިއަށް ދިއުމަށް ބޭނުންކުރި ސަބްމާސިބްލް- އޮމެގާ

ފަތުރުވެރިކަމުގެ ދާއިރާގައި ފުވައްމުލައް މަޝަހޫރުވަމުން އަންނަނީ ފެމުނު މިޔަރު ނުވަތަ ޓައިގާ ޝާކް އައިލެންޑްގެ ގޮތުގައެވެ. ފުވައްމުލަކަށް ބޭރުގެ ފަތުރުވެރިން އަންނަނީ ޑައިވްކޮށް ޓައިގާ ޝާކް ބެލުމަށް ކަމަށް ވެއެވެ. ވުމާއިއެކު ފަތުރުވެރިކަމުގެ ދުވަސް ފުވައްމުލަކުގައި ވެސް ކުލަގަދަކޮށް ފާހަގަ ކުރުމަކީ މިހާރު ބޭނުން ޖެހިފައިވާ ކަމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !