މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކް ރޭ ފުވައްމުލައް ސިޓީގައި ދެއްވި ދީނީ ދަރުހަށް ބޮޑުތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ދަރުސް އޮތް ހާފިޒް އަހުމަދު ސްކޫލުގެ ހޯލު ފުރި ބާރުވެގެން ސްކޫލް ގޯތިތެރޭގައި ޖެހި ގޮންދިތައް ވެސް ވަނީ ފުރި ބާރުވެއެވެ.
ރޭގެ ދަރުސް އަޑުއެހުމަށް ފުވައްމުލަކުގެ ގިނަ ބަޔަކު ހާޒިރުވުމުން އެނގިގެން ދިަޔައީ މުފްތީ މެންކް ގެންގުޅުއްވާ އިސްލާމީ މެދުމިނުގެ ވިސްނުމަށް ފުވައްމުލައް ސިޓީގެ ގިނަ ބަޔަކުވެސް ތާއދު ކުރާ ކަމެވެ. ސްކޫލަށް ހަޒިރުވެގެން ބެލި މީހުންގެ އިތުރުން ލައިވް ޕްރޮގްރާމު ޓީވީ އިންނާއި ފޭސްބުކް މެދުވެރިކޮށް ވެސް ގިނަބަޔަކު ބަލާފައި ވެއެވެ.
ރޭގައި މުފްތީ މެންކކް ދަރުސް ދެއްވާފައި ވަނީ ‘’އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮ’’ ކަމާއި ގުޅޭ ގޮތުންނެވެ. މުފްތީ މެންކްގެ ދަރުސުގައި، އިސްލާމްދީނުގެ އެންމެ އަސާސީ ތަނބުތައް ކަމުގައިވާ އީމާންކަން ނުވަތަ ޝަހާދާ އައި ސަލާތާއި، ޒަކާތާއި ސަދަގާތާއި ނުވަތަ ޗެރިޓީގެ ވާހަކައިގެ އިތުރުން ވަށައިގެންވާ މާހައުލާއި އެ މާހައުލުގެ ދިރުންތައް ރައްކާތެރިކުރުމަށް ވެސް އަލި އަޅުވާލެއްވިއެވެ. އަދި މާހައުލުގައި ދިއިރުޅޭ އިރު ހިނުތުން ވުމާއެކު އެހެން މީހުންނާއި ބައްދަލުކުރުމާއި އޯގާތެރިކަމާއިއެކު އެހެން މީހުންނާއި މެދު އަމަލު ކުރުމަށް އިރުޝާދު ދެއްވިއެވެ.
ރޭގެ ދަރުސް ފެށުމުގެ ގޮތުން ގުރުއާން ކިޔަވާ ވިދާޅުވީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްްރޭޓް އަލްއުސްތާޒު އަހުމަދު އަކްރަމް އަދި ދަރުސް ހުށަހަޅާ ދެއްވީ ޏ.އޭއީސީގެ ހަޔާ ސެކަންޑަރީ ދަރިވަރު ސުހާ ހުސޭން އަލީ، އަދި އިޝާރާތުގެ ބަހުން ދަރުސް ތަރުޖަމާކޮށް ދެއްވީ ސައީދު އަޚުތަރު އެވެ.
މުފްތީ މެންކް މިދަތުރުގައި ފުވައްމުލައް ސިޓީގެ ސެކްންޑަރީ ސްކޫލްތަކުގެ ދަރުވަރުންނާއިއެކު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އިއްޔެ ބައްދަލު ކުރައްވާފައި ވެއެވެ.
+1
+1
ޚިޔާލުތައް