ފުވައްމުލައް ޓުއަރިޒަމް ޕްރޮމޯޝަން ބޯޑަށް ކުރިމަތިލާފާިވާ ފަރާތްތަކުގެ ވޯޓުލުން 3 މާރިޗް 2023 ވާ ހުކުރު ދުވަހު 20:00 އިން 23:00 އަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިފަހަރު ވޯޓު ލަނީ ޑައިވް ސްކޫލް، ގެސްޓްހައުސް އަދި ކެފޭ /ރެސްޓޯރަންޓް ދާއިރާތަކުން ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައެވެ.
ޑައިވްސްކޫލްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 4 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:
1- މުހައްމަދު ރިޔާޒު ޓްރާކްވިލާ، ގދ.ވާދޫ
2- އަޙުމަދު އިނާޙު އަނޯނާގެ، ދަޑިމަގު
3- އަބްދުﷲ ނަވާޒު ކެލިސް، މިސްކިތްމަގު
4- އާދަމް ފާރިޝް ގެދަމާގެ، ދަޑިމަގު
ގެސްޓްހައުސްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 5 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:
1- ފާރިޣު އަބުދުﷲ، ކޮއްކިރި، ދަޑިމަގު
2- އަޙުމަދު އިރުޝާދު ޚަލީލު، އިރުޝާދުގެ، ދިގުވާނޑު
3- އަހުމަދު ސާލިހު އިބްރާހިމް، އަމީކޯ، ދޫނޑިގަން
4- މުހައްމަދު އިބްރާހިމް ދީދީ، ވިދުވަރުގެ، މާދަޑު
5- ސައުދުﷲ އަހުމަދު ހަސަން ދީދީ، ނޫރީ ފެހި، ފުނާޑު
ކެފޭ/ރެސްޓޯރެންޓްތައް ތަމްސީލުކުރުމަށް އެއް މެމްބަރަކު ހޮވުމަށް 3 ފަރާތަކުން ކުރިމަތިލާފައި ވެއެވެ. އެއީ:
1- އަހުމަދު ނަޝީދު، އައިސްގެ، ދޫނޑިގަން
2- ހަސަން ޝިރުހާން، ރޭވަ، ދިގުވާނޑު
3- އިބްރާހިމް މުހައްމަދު، ރިޝްތާ، މާލެގަން
މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ ކަނޑައެޅިފައިވާ ދާއިރާއެއްގައި ރަޖިސްޓްރީވެގެން ފުވައްމުލައްކުގައި ޚިދުމަތް ދެމުން އަންނަ ފަރާތްތަކަށެވެ.
އެގޮތުން މިދާއިރާތަކުން (ޑައިވް ސްކޫލް، ގެސްޓް ހައުސް އަދި ކެފޭ / ރެސްޓޯރެންޓް) ވިޔަފާރިކުރައްވާ ފަރާތްތަކުން މި އިންތިހާބުގައި ވޯޓް ދެއްވުމަށް ކޮންމެ ތަނަކުން ވެސް އެތަނެއް ތަމްސީލުކޮށް ވޯޓް ދޭނެ ފަރާތެއްގެ ނަމާއި، ގުޅޭނެ ފޯން ނަންބަރު އަދި އައި.ޑީ ކާޑް ނަންބަރު tourism@fuvahmulah.gov.mv މި އީމެއިލް ކުރުމަށް ސިޓީ ކައުންސިލުން އިއުލާކޮށްފައި ވެއެވެ.
މި ބޯޑަކީ ފުވައްމުލައް ސިޓީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމަށް ސިޓީ ކައުންސިލަށް ލަފާދީ ޓެކްނިކަލް ކަންކަމުގައި އެހީތެރިވެދޭ ބޯޑެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ޚިޔާލުތައް