ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރު ކުރިޔަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް މާދަމާއަށް ތާވަލު ކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، 13 މާރިޗު 2013 ވަނަ ދުވަހު ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން ފުވައްމުލައް ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސިޓީ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މާދަމާގެ މިބައްދަލުވުމުގައި މޭޔަރު އިސްމާއީލު ރަފީގު އާއި އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިބައްދަލުވުމުގައި އޮންލައިންކޮށް ނޫސްވެރިންނަށް ބައިވެރިވެވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ.
“މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކާއި ނިންމުންތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދެވިގެންދާނެ” ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.
ސިޓީ ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމެއް މިބާއްވަނީ މިފަދަ ބައްދަލުވުމެއް ނުބާއްވާތާ ގިނަ ދުވަސްތަކަކަށް ފަހުގައެވެ.
ޚިޔާލުތައް