ފުވައްމުލައް ސިޓީގެ މަގުތަކުގެ ހާލަތާއި މެދު ކަންބޮޑުވޭ – ޑ. މެޔަރ ޟިރާރު

ފވމ ސިޓީ ޑެޕިއުޓީ މޭޔަރ ޟިރާރު ގެސްޓް ހައުސް ސިމްޕޯސިއަމްގައި ވާހަކަ ދައްކަވަނީ
Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ މަގުތަކުގެ ހާލަތަކީ އާއްމު ދަތުރު ފަތުރަށް ހުރި ވަރަށް ބިޔަ ބޮޑު ގޮން ޖެހުމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވިދާޅުވެއްޖެއެވެ.

އާއްމުކޮށް ދުއްވާ މަގުތަކުގައި ހެދިފައިވާ ކުދި ވަޅުތަކުގެ ސަބަބުން ހެލިޖެހި ގިނަ ބަޔަކަށް މައިބަދައިގެ (ބެކް ބޯން) މައްސަލަ ޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް ރަށުތެރެގައި އޮންނަކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މައިބަދައިގަ މައްސަލަތަކުގައި ފަރުވާ ހޯދީ ސީދާ ކިތައް މީހުންކަން ދަންނަވަން ނޭނގުނަސް އެކަމުގެ ޝަކުވާގެ އަޑުތައް އަބަދުވެސް ފުވައްމުލަކު މާހައުލުން އިވެއެވެ.

“ތަފާސް ހިސާބު ތަކެއް ނެގިފައި ނުވުމާއެކު ދަންނަވާކަށް ނޭގޭ ކިތައް މީހުންނަށްތޯ މަގުގައި ދުއްވައިގެން ބެކް ބޯންގައި މައްސަލަ ޖެހިހެން ފަރުވާ ހޯދަން ޖެހިފައި ހުރީ ކީ” ޑެޕިއުޓީ މޭޔަ ވީޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގުތައް އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށާއި މަގުތަކުގައި ދުއްވުމާއި ހިނގާބިގާވެ އުޅުމާއި އަދި އެހެނިހެން ކަންކަމުން ވެސް ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށެވެ.

ދާދި ފަހުން މާލޭގައި ފެން ބޮޑުވެގެން ދިމާވި ހާދިސާގައި މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބި، ބައެއް ވިޔަފާރިތަކުގެ އެހީ އާއެކު ވަރަށް އަވަހަށް މައްސަލައަށް ހައްލެއް ލިބިގެން ދިޔަ އިރު  ފުވައްމުލަކުގައި ވާރޭވެހި ފެންބޮޑުވެގެން މަސް ދުވަސް ވެގެންދާއިރު ވެސް މަގުމަތީގައި އޮންނަ ފެންގަނޑު ހިނދާލެވޭ ވަރެއް ނުވާކަށް ޟިރާރު ފާހަގަ ކުރެއްވިއެވެ.

މިއިން އެނގެނީ މިއީ ކައުންސިލަށް ވެސް ހުރި ވަރަށް ބިޔަ ބޮޑު ގޮން ޖެހުންތަކެއް ކަމަށެވެ. ސިޓީ ކައުންސިލުގެ އޮނިގަނޑުގައި އެމަސައްކަތް ކުރާނެ ގޮތެއް ހަމަޖެހިފައެއް ނުވެއެވެ.

ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ފުވައްލަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މެދު ވާހަކަ ދައްކަވަނީ

ސަރުކާރުތަކުން އެޚިދުމަތް ދިނުމަށް ވިސްނާފައި އެވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށެވެ.

މި ސަރުކާރު ވެރިކަމަށް އައީ ކައުންސިލްތަކުން ނަގާފައި ހުރި ބާރުތައް ދޫކުރައްވަން ވައުދުވެގެނެވެ.

ރާއްޖޭގެ ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ދިވެހި ރާއްޖޭ އުފެދިފައި މިއޮތީ ޖަޒީރާ ވަންތަ ގޮތަކަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން ހިމެނުނު ކަމުގައި ވިޔަސް އެޚިދުމަތްތައް ދިނުމަށް ސަރުކާރުތަކުން ވަނީ ކުންފުނި ހަދާފައެވެ. އެކުންފުނި ތަކުން ދޭ ޚިދުމަތްތަކުގައި ކައުންސިލްގެ މާބޮޑު ދައުރެއް ނޯވެއެވެ. އެކަމުގެ ޝަކުވާތައް އަންނަނީ ކައުންސިލާއި ދިމާލަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments