ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުވައްމުލަކު އަންހެން ކުއްޖަކު ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާން ކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާންކޮށްފައިވާ ފުވައްމުލަކު އަންހެން ކުއްޖަކީ ދިގުވާޑު، ބަނަފްސާގެ، ފާޠިމަތު ހަނާޒް (17އ) އެވެ.
މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ހަނާޒް އަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީގެ އެންޑް ސޯޝަލް ސާވިސަސް ގެ ދަށުން ހިންގާ، ވިލިމާލޭގައި ހުންނަ “ކުޑަކުދިންގެ ހިޔާ” ނުވަތަ “އަމާން ހިޔާ” މަރުކަޒުގެ ހިޔާވަހިކަމުގައި އުޅެމުން އައި ކުއްޖެވެ.
ހަނާޒް އާއި ބެހޭ މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9790163 އަށް އަންގައިދިނުމަށް އެދޭކަމަށް ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.
5
4
3
2
1
- ެއެކްސިޑެންޓަކާއި ގުޅިގެން މާލެގަމު މީހަކު ހޯދަނީ
- ފުލުހުންގެ ތަހުގީގަށް ފުވައްމުލަކު މީހަކު ހޯދަނީ
- ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ފުވައްމުލައް ސިޓީ މީހަކު ހޯދަނީ
- މަސްތުވާތަކެތީގެ މައްސަލައެއްގައި ފުވައްމުލަކު މީހަކު ހޯދަނީ
- މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ފުނާޑު 3 މީހަކު ތަހުގީގަށް ހާޒިރުވާން ފުލުން ނޯޓިސް ނެރެފި