ފުޅާ ދާއިރާއެއްގައި ޕްރޮމޯޝަން ވީޑިއޯތައް ހަދަމުން އަންނަ އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ފުވައްމުލަކުގެ ނޭޗަރ ޕާކުގައި ޕްރޮމޯޝަން ވީޑިއޯ ޝޫޓު ކުރުމަށް ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން އެ ކުންފުނިން ވަނީ ފުވައްމުލަކު ނޭޗަރ ޕާކުގައި ވީޑިއޯ ޝޫޓް ކުރުމުގެ ހުއްދަ ނަގައިފައި ކަމަށް ފުވައްމުލަކުގެ ނޭޗަރ ޕާކުގެ ފަރާތުން ބުންޏެވެ.
މިއި ކޮމާޝަލް ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުގައި ފުވައްމުލަކު ނޭޗަރ ޕާކު ވީޑިއޯ ކުރެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ނޭޗަރ ޕާކްގެ ފޭސްބުކް ޕޯސްޓްގައި ބުނެފައިވެއެވެ.
އެލައިޑްގެ މިފަހަރުގެ ޕްރޮމޯޝަން ވީޑިއޯ ގައި ވެސް މަޝްހޫރު ޒުވާން، ނަހޫ ފެނިގެން ދާނެއެވެ. ނަހޫ މަޝްހޫރުވެގެން ގޮސްފައި ވަނީ މޯލްޑިވިއަން އައިޑޮލްގެ އެލައިޑްގެ އިޝްތިހާރުތަކުނެވެ.
+1
+1
ޚިޔާލުތައް