A wide advertisement which will be shown on all devices. (700 x 100)

ހިސްޓޯއަށް ޕްރައިމަރީ ނާކާމިޔާބު ވެއްޖެ!

ހިސްޓޯ ޕްރައިމަރީން ބަލިވެ - ސިޔާސީ ކުރިމަގައި މަެދު ސުވާލެއްގެ ތެރޭގއި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޓިކެޓް ހޯދުމުގެ ގޮތުން ކުރީގެ މަޖުލިސް މެންބަރު ޝިފާގު މުފީދު (ހިސްޓޯ) މިފަހަރު ވާދަކުރީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕްރައިމަރީގައި ރ. އަލީފުށީ ދާއިރާއަށެވެ.

އިއްޔެ ބޭއްވި ޕްރައިމަރީގައި ހިސްޓޯއަށް ވަނީ ނާކާމިޔާބުވެފައެވެ. ރ.އަލިފުށީ ޕްރައިމަރީ ކާމިޔާބު ކުރީ 195 ވޯޓާއިއެކު އަހުމަދު ހަސަން، މަލޭ ދަފްތަރު 3840 އޭނާގެ ފަހަތުން ދެވަނައަށް ދިޔަ ހިސްޓޯ އަށް ލިބިފައި ވަނީ 148 ވޯޓެވެ. އެހެންކަމުން، ޕީޕީއެމް އަދި ޕީއެންސީގެ މެމެބަރުންގެ އިތުބާރު ހިސްޓޯއާއި ދޭތެރޭ އޮތްމިންވަރާއިމެދު މިވަނީ ސުވާލުއުފެދިފައެވެ.

ކުރީގެ ރައީސް ޔާމީނަށް އިތުބާރު ކުރެވޭ 63 ފަރާތްތަކަށް ޕްރައިމަރީ އަކާއި ނުލައި ޕީޕީއެމް އަދި ޕީއެންސީގެ މަޖުލިސް ޓިކެޓް ވަނީ ކުރިން ދީފައެވެ. އަދި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ޕްރައިމަރީ ބޭއްވީ ޖުމްލަ 6 ދާއިރާއެއްގައެވެ. ފުވައްމުލަކާއި މަކުނުދޫ ދާއިރާގެ ޕްރައިމަރީ ބާއްވަން އިއުލާން ކުރި ނަމަވެސް ފަހުން ވަނީ ކެންސަލް ކޮށްފައެވެ.

ހިސްޓޯ ވަނީ ފުވައްމުލަކު މެދުދާއިރާގެ މަޖުލިސް ގޮނޑި އެމްޑީޕީ ޓިކެޓްގައި ހޯދުމަށްފަހު ޕާޓީ ބަދަލު ކުރަމުން ގޮސް އެންމެ ފަހުން ހުރީ ޕީޕީއެމްގެ ޔާމީނުގެ ސަޕޯޓަރެއްގެ ގޮތުގައެވެ. ނަމަވެސް އެޕާޓީގެ ވެސް އިތުބާރު އޭނާއަށް ނެތްކަން ހުރިހާ ގޮތަކުން މިވަނީ ސާބިތު ވެފައެވެ.

ހިސްޓޯއަށް ނާކާމިޔާބުވި ޕްރައިމަރީގެ ނަތީޖާ

އާއްމުގޮތެއްގައި ރަށްރަށުގެ މީހުން އެހެން ރަށްރަށުގެ ދާއިރާގެ އިންތިޚާބުތަކުގައި ވާދަކުރަނީ ވަރަށް މަދުންނެވެ. ޚާއްސަކޮށް ފުވައްމުލަކު މީހުން އެހެން ދާއިރާއެއްގައި މިހާތަނަށް އިންތިޚާބުތަކުގައި ވާދަކޮށްފައި ވަނީ ވަރަށް މަދުންނެވެ.

އެގޮތުން މިފަހަރުގެ ޕްރައިމަރީތަކުގައި ރަށުން ބޭރުގެ ގޮނޑިއަކަށް ވާދަކުރިކަމުގެ މައުލުމާތު ލިބިފައި ވަނީ 2 މީހުންނެވެ. އެއީ ހދ. ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލައި ޕްރައިމަރީ ކާމިޔާބު ކުރި، ފުނާޑު، ޒިންދާ އަހުމަދު އަލީ އާއި ރ. އަލިފުށީ ދާއިރާގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ހިސްޓޯއެވެ.

ނަމަވެސް މީގެކުރިން، ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަތޮޅު ކައުންސިލަށް ވާދަކޮށް މިސްކިތްމަގު ރަންދުވަރު އަހުމަދު ސައީދު ވަނީ އެ ކައުންސިލްގެ ގޮނޑި ކަމިޔާބުކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !