A wide advertisement which will be shown on all devices. (700 x 100)

އެސްއެމްއީ ބޭންކުން ފުވައްމުލަކު ވިޔަފާރިވެރިންނާއި ބައްދަލުކުރަނީ

އެސްއެމްއީ ބޭންކު

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި  އެސްއެމްއީ (ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސް) ބޭންކްގެ ފަރާތުން ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި މާދަމާ  ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން އާއްމު ކުރައްވާފައި ގޮތުގައި މިބައްދަލުވުން ބޭއްވޭނީ މާދަމާ، 4 ޖުލައި 2019 ވާ  އާދީއްތަ ދުވަހުގެ ހެނދުނު  10:45 ގައި ފުވައްމުލައް ސިޓީގެ ކުރުނދުމާ މާލަމުގައެވެ.

ވިޔަފާރިއަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަނީ މިބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

އެސްއެމްއީ ބޭންކުން ލޯނު ހޯދަން 120 ފަރާތަކުން މިހާތަނަށް ހުށަހަޅާފައިވާ ކަމަށާއި އެފަރާތްތަކަށް މިހާރު ލޯނު ދޫކުރަން ފަށާި ވާކަމަށް އެބޭންކުން ހާމަކުރެއެވެ. އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު “މިހާރު ނޫނަށް” ވިދާޅުވެފައި ވަނީ ކުރިމަތިލާ ވަރަކުން ލޯނުގެ ކަންކަން ހަމަޖައްސަމުން އަންނަ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް އެހީވެދިނުމުގެ ގޮތުން އަލަށް އުފެއްދި އެސްއެމްއީ  ބޭންކްގައި ފުވައްމުލައް ސިޓީގެ  %5 ހިއްސާ ވެސް ވެސް އޮވެއެވެ.

މިއީ ރާއްޖޭގައި މީގެ ކުރިން އުފައްދާފައި ނުވާފަދަ ގޮތަކަށް، ސިޓީ ކައުންސިލްތަކުގެ ޙިއްޞާއާ އެކު އުފައްދާފައިވާ ބޭންކެކެވެ. މިބޭންކުން ވެގެންދާނީ ދިވެހީންގެ މާލީ ތަނަވަސްކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު ގުޅުވާލެވިގެންދާ މާލީ އިދާރާއެއް ގޮތުގައި ކަމަށް ރައީސް އިބޫ ސޯލިހު ވަނީ ވިދާޅުވެފައެވެ.

މިބޭންކުން ފުރަތަމަކޮޅުގައި ވިޔަފާރިތަކަށް ދޫކުރާ ލޯނަށް ޑިޕްސިޓް ފައިސާ ބަހައްޓަން ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް އިބޫ ސޯލިހު ވިދާޅުވެފައި ވެއެވެ.  ނަމަވެސް ފަހުން “މެދުރާސްތާއެއްގައި އެސް.އެމް.އީ ބޭންކެއްގެ ގޮތުގައި ޑިޕޮސިޓް ވެސް ނެގޭ ގޮތަށް ބަދަލުވެގެން ދާނެ.” ކަމަށެވެ. އަދި މިއަހަރު، 2019ގައި މިބޭންކުން ލޯނު ދޫކުރަން ފަށާނެކަމަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިއަކީ ރާއްޖޭގ މުޅި އިގުތިސާދުގެ %70 އެވެ. ވުމާއެކު ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، ފަރުދީ ތިޔާގި ކަމަށްޓަކައި، ފަތުރު ވެރިކަމުގެ ނިޒާމު އިތުރަށް ތަރައްގީކޮށް ފުޅާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !