A wide advertisement which will be shown on all devices. (700 x 100)

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައަކަށް ކަސްރަތު ޕްރޮގްރާމްގެ 2 ވަނަ ބުރު ފަށަނީ

ފާއިތުވި ޖޫން މަހުގެ ތެރޭގައި ބޭއްވުނު ކަސްރަތު ޕްރޮގްރާމުގެ ފުރަތަ ބުރުގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާކުުރުމުގެ ގޮތުން ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ފުވައްމުލައް ސިޓީގައި ހިންގަން ފަށާފައިވާ ކަސްރަތު ޕްރޮގްރާމްގެ 2 ވަނަ ބުރު މި އޮކްޓޯބަރު މަހު 10ގައި ފެށުމަށް ހަމަޖެހިފައިވާ ކަަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިޕްރޮގްރާމުގައި މޫދު ކަސްރަތާއި އެއްގަމު ކަސްރަތު ހިމެނެއެވެ. އުމުރުން 15 އަހަރުން މަތީގެ މީހުންނަށް މިޕްރޮގްރާމުގައި ބައިވެރިވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިގފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އާއްމުކޮށް އިއުލާން ކޮށްފައެވެ.

މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 9894858 ނަމްބަރު ފޯނާއިގުޅުމުން ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ ކުރިން ބޭއްވި ކަސްރަތު ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވެއެވެ.

ފުވައްމުލައް ސިޓީގެ ކުޅިވަރު ކަންތައްތަކަށް ޚާއްސަކޮށްގެން ސްޕޯރޓްސް ކައުންސިލަރ އަކު ވަނީ ފާއިތުވި މޭ މަހުގެތެރޭގައި އައްޔަން ކޮށްފައެވެ.

ފުވައްމުލައް ސިޓީ ސްޕޯރޓްސް ކައުންސިލްރ: މުސްލިމާ އިބްރާހިމް މަގާމާއި ހަވާލުވާނީ، މޭ 2019

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ހޯކަސް ޕޯކަސް

    ފުރަތަމަ ހިންގި ޕްރޮގްރާމުގެ ނަތީޖާ އަކީ ކޮބައިތޯ ބަލައިލާ ހިތްވޭ. ރިޕޯޓެއް ތަަައްޔާރު ކޮއްލެއްވިދާނެތޯ؟