A wide advertisement which will be shown on all devices. (700 x 100)

ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހު ގެނެސް ކައުންސިލްތައް ބާރުވެރިކުރުވަނީ

ރައްޔިތުންގެ މަޖުލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައރިރު އަލީ ނިޔ

ލާމަރުކަޒީ ގާނޫނާށް ބޮޑެތި ބަދަލުތަކެއް ގެއަނުމަށް ރައްޔިތުންގެ މަޖުލީހުގެ ކޮމެޓީން އިއްޔެ ފާސްކޮށްފިއެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ލާމަރުކަޒީ ގާނޫނާށް މި އިސްލާހުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ.

އެގޮތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެހެނިހެން ފަރާތްތަކުން ހުށަހެޅި އިސްލާހުތަކާއެކު ޖުމްލަ 80 އަށް އިސްލާހާއެކު ކޮމެޓީން ބިލް ފާސްކޮށްފައި ވާކަމަށް އެކޮމެތީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ އެމްޕީ އަލީ ނިޔާޒު ހާމަކުރެއްވިއެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީ ކުރިން މިނިސްޓްރީތަކުން ކުރަމުން އައި 90 އަށް ވުރެ ގިނަ ކަމެއް ކައުންސިލަތަކުން ކުރާ ގޮތަށް ބަދަލުވެގެން ދާނެކަމަށް ވެއެވެ. އެގޮތުން އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދެއްގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް ދެން ދޭނީ ސީދާ އެ ކައުންސިލެއްގެ ބެލުމުގެ ދަށުންނެވެ. ކައުންސިލް ނިސްބަތްވާ ސަރަހައްދުގައި ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓް މަސައްކަތްތަކުގެ ތެރެއިން 5 މިލިޔަން ރުފިޔާއިން ފެށިގެން ދަށުން ޕްރޮޖެކްޓްތައް ހިންމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރު ކުރުމުގެ ގޮތުން ދައުލަތުގެ  ޑޮމެސްޓިކް ރެވެނިއުގެ %5 ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް ލިބިދިނުމާއި އެ ކައުންސިލެއްގެ އިޚުތިސޯސުގައި ހިމެނޭ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 އާއި މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީގެ %100 ލިބިގެންދާނީ ކައުންސިލްތަކަށް ކަމަށް ވެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް ބަޖެޓް ކަނޑައަޅާފައި ވެއެވެ. އެގޮތުން 2020 ގެ ބަޖެޓުގައި ކައުންސިލްތަކަށް ޖުމަލް 1.6 ބިލިޔަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް މި ބޮޑުކުރެވުނު ނިސްބަތް މިއަހަރާއި އަޅާ ބަލާއިރު އުޅޭނީު ރަށު ކައުންސިލްތަކުގެ ބަޖެޓް %149 އަށް އަދި އަތޮޅު ކައުންސިލް ބަޖެޓް %155 އަށް އިތުރުވެގެން ދާނެއެވެ. އަދި ސިޓީ ކައުންސިލްގެ ބަޖެޓް އެވްރެޖްކޮށް %433 އަށް ބޮޑުވެގެން ދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !