A wide advertisement which will be shown on all devices. (700 x 100)

ސޯލާ ހަކަތައިން މަސްޖިދުލް އިނާރާ އޭސީ ކުރަނީ

ސޯލާޕެނަލްގެ ހަކަތައިން މަސްޖިދުލް އިނާރާ އޭސީ ކުރުމުގެ މަސައްކަތް ހަވާލުކުރުން

ސޯލާ ހަކަތައިން ޏ. ފުވައްމުލަައް ސިޓީ މަސްޖިދުލް އިނާރާ އެއަރ ކޮންޑިޝަން ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓރީން ބަޔަކާއި ހަވާލުކޮށްފިއެވެ. އިއާދަކުރަނިވި ހަކަތައިން މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއަކީށޮލަ މިސަރުކާރުން ފަށައިގެން އުޅޭ އައު މަޝްރޫއެކެވެ.

އަވި ޓެކްނޮލޮޖީސް ޕްރައވެޓް ލިމެިޓެޑާއި ހަވާލުކުރުވުނު މިމަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 20 ދުވަހުގެ ތޭރޭގައެވެ. މިމަަސއްކަތކުގެ އަގަކީ 920،500 ރުފިޔާއަށެވެ. މިމަސައްކަތުގައި ހިމެނެނީ މަސްޖިދުލް އިނާރާގައި އެއާކޯނު ޔުނިޓުތައް ބަހައްޓުމާއި ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު ވަޔަރިންގެ މަސައްކަތްތަކެވެ.

މިއަދު އިސްލާމިކް މިނިސްޓރީގައި ބޭއްވުނނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައި ވަނީ އިއާދަކުރަނިވި ހަކަތައިން 11 މިސްކިތެއް އޭސީ ކުރުމަށް މިއަހަރަށް ކަނޑައެޅިފައިވާ ކަމަށެވެ. އެއީ އަތޮޅުތެރޭގެ 9 މިސްކިތާއި މާލޭގެ 2 މިސްކިތް ކަމަށެވެ. މާލޭގެ 2 މިސްކިތުގެ މަސައްކަތް ނޫން މަސައްކަތްތައް މިހާރު ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވިފައިވާ ކަމަށާއި އަދި މާލޭގެ 2 މިސްކިތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ހަވާލުކުރެވިގެން ދާނެކަމަށެވެ.

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްްގެން މަސްޖިދުލް އިނާރާ އޭސީ ކުރުމަކީ އަލަށް ފުވައްމުލައް ސިޓީގައި އިއާދަކުރަނިވި ހަކަތައިން މިސްކިތެއް އޭސީ ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތައް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީކޮށް ނިންމާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް  އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހާ މިސްކިތްތައް ސޯލާ ޕެނަލް ނުވަތަ އިއާދަކުރަނިވި ހަކަތައިން އެއަރކޮންޑިޝަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !