ފުވައްމުލައް ސިޓީގެ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށްޓަކައި ޚާއްސަކޮށްފައިވާ ބިން ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަވާލުވެފައިވާ ކޮންޓްރެކްޓާ މާރިޝް ކޮމްޕެނީ އާއި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހު 6 ވަނަ ދުވަހުއެވެ.
7.2 މިލިއަން ރުފިޔާ ގެ އިމާރާތް 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެއެވެ. މި އިމާރާތް އެއްކޮށް ނިމޭއިރު މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެން ދާނެއެވެ. އަދި މަރުކަޒުން ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. ކީރިތި ޤުރުއާނާއި ބެހޭ އާ އިމާރާތުގައި 4 ކްލާސްރޫމް، އިދާރީ އޮފީސް، ނަމާދު ކުރާ ޖާގަ، އިސްލާމިކް ލައިބްރަރީ އަދި 300 މީހުންގެ ޖާގައިގެ ހޯލެއް ހިމެނޭނެއެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ފައުންޑޭޝަން ސްކޫލް ހުރި ބިމުގައެވެ.
5
4
3
2
1
- ުފުވައްމުލައް ސިޓީ ކައުންސިލުން މާދަމާ ހެނދުނު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނީ
- ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ބިޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފި
- ޖާމާއަތްތެރިކަމުގެ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުން ބާއްވައިފި
- ޕާކިސްތާން ހައިކޮމިޝަނަރު ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރައްވަމުން އެބަގެންދަވާ
- ސެމީ ފައިނަލުގެ ޓީމުތައް ކަށަވަރުވެއްޖެ