ފުވައްމުލައް ސިޓީގެ ދަނޑުވެރިންނަށާއި އަލަށް ދަނޑުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ދިހަ ދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ އަންނަ މާރިޗު މަހުގެ 17-25 އަށެވެ. މިއި މިނިސްޓރްީ އޮފް ފިޝަރީޒް، މެރިން އެންޑް އެގްރިކަލްޗަރ މިނިސްޓްރިން ކުރިޔަށްގެންދާ ތަމްރީނު ޕްރޮގްރާެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާރިޗު މަހުގެ 1 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ނަންނޯޓު ކުރެއްވުމަށް ހުޅުވާލާފައި ވެއެވެ. ޝައުގުވެރިވާ ފަރާތްތކަށް ސިޓީ ކައުންސިލްގެ ފޯން ނަމްބަރު 6865001 އަށް ގުޅުއްވައިގެން ނަން ނޯޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ދަނޑުވެރިކަމުގެ ރޮނގުން ފުވައްމުލައް ސިޓީ ކައުްނސިލްގެ ފިލްޑް އޮފިސަރ އާމިރު އަލީ ވަނީ އިންޑިއާގެ ޓެމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީއިން ކަމާއި ގުޅޭ ގޮތުން ތަމްރީނު ހާސިލުކޮށްފައެވެ.
ފުވައްމުލަކުގެ ދަނޑުވެރި ކަމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އަލައޮޅުތަކަށް ދިމާވެފައިވާ “ލީފް ބަލައިޓް” ބައްޔާއި އަނބުގަހަށް ދިމާވެފައިވާ ދަބަރު ބަލި ފާހަގަ ކުރެވެއެވެ. މީގެ ކުރުން ފުވައްމުލަކަކީ ގިނަ އަދަދަކަށް ލުނބޯހައްދާ ވިއްކައިގެން ނަފާ ހޯދި ބައެކެވެ. ނަމަވެސް ދަބަރު ބަލިޖެހި ހައްލެއް ނުލިބި ފުވައމްުލަކުގެ ލުނބޯގަސްތައް ވަނީ ނެތި ގޮސްފައެވެ. މިހާރު ފުވައްމުލަކު ރައްޔިތުން ޖެހެނީ ރާއްޖެއަށް އިމްޕޯރޓް ކުރާ ލުނބޯ ބޭނުންކުރާށެވެ.
ފުވައްމުލަކުގެ އަނބު ގަސްތަކަށް ވެސް މިއަދު މިބަނީ މި ބިރުވެރިކަމާއި ކުރިމަތި ލާން ޖެހިފައެވެ. އަލަ އޮޅުތައްކަށް ވެސް ބަލީގެ ނުރައްކާ އިންތިހައަށް ބޮޑެވެ. މީގެ އިތުރުން ފުވައްމުލަކުަގއި ހައްދާ ގިނަ ބާވަތްތަކުގެ މޭވާތަކަށް މިވަނީ ފުވައމްުލަކަށް ބީރައްޓެހި ޖަނަވާރެއް ކަމަށްވާ ވާލުގެ އުނދަގޫ ބޮޑުވެފައެވެ.
މިފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދަނޑުވެރިކަމުަގެ ދާއިރާއިން މީހުން ތަމްރީނުކުރުމާއި ދިރާސާ ކުރުމަށް މިވަނީ ޖެހިފައެވެ.
ޚިޔާލުތައް