A wide advertisement which will be shown on all devices. (700 x 100)

ގެސްޓު ހައުސް އެސޯސިއޭޝަނުގެ ސެކުރެޓަރީ ޖެނެރަލްގެ މަގާމަށް ސައުދު

ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުވައްމުލަކު ނޫރީފެހި ސައުދުﷲ އަހުމަދު ހޮވިއްޖެއެވެ. ސައުދުﷲ އެމަގާމަށް ހޮވިފައިވަނީ މިދިަޔ ހޮނިހިރު ދުވަހު ބޭއްވި އެއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާއިންނެވެ. އެޖަލްސާގައިވަނީ ކުރިއަށް އޮތް ތިންއަހަރު ދުވަހަށް އެއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީވެސް އިފުތިތާހުކޮށްފައެވެ.

އެއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް ހޮވިވަޑައިގަތް ބޭފުޅުންނަކީ

ރައީސް – މޫސާ ނާސިހު ، ޔޫއައި އިން / ކ. ހުޅުމާލެ

ނާއިބް ރައީސް – މުހައްމަދު އިމްތިޔާޒް ، ވައިޓްލަގޫން ފެހެންދޫ / ބ. ފެހެންދޫ

ނާއިބް ރައީސް – އަބްދުލް ސަމީއު އިސްމާއިލް ، ގުންބަރު އިން / އ.އ. އުކުޅަސް

ފައިނޭންސް ކޮންޓްރޯލަރ – ހަސަން އަލި މަނިކު ، ކޮކޮނަޓް ޓްރީ ހުޅުވިލާ ބީޗް / ކ. ހުޅުމާލެ

ސެކެރަޓަރީ ޖެނެރަލް – ސައުދުﷲ އަހުމަދު ހަސަން ދީދީ ، ތްރީ އިން /ކ.ހުޅުމާލެ

ކޯޕަރޭޓް އެފެއާޒް – މުޙައްމަދު ވާފިރް ، ސީސަން ހޮލިޑޭސް / ކ. ހުޅުމާލެ

ޕީއާރު އަދި މާކެޓިންގ – މުހައްމަދު ޔާމިން ، ފަންހާ ގެސްޓް ހައުސް / ހއ. ހަނިމާދޫ

ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސްގެ މަގާމުވެސް ފުރުއްވާ ސައުދުﷲ ތަމްސީލު ކުރައްވަނީ ހުޅުމާލޭގައި ހިންގާ ތްރީއިން ގެސްޓްހައުސް އެވެ. ގެސްޓް ހައުސް ވިޔަފާރީ ކުރައްވަމުން ގެންދަވާ ސައުދުﷲ އަކީ ސިޔާސީ ކަންތައްތަކުގައިވެސް ފެންނަ މޫނެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !