ކޯވިޑް19ގެ މައުލޫމާތު ބަންގްލާދޭޝް މީހުނަށް ދިނުން ކުރިޔަށް ގެންގޮސްފި

ކޮވިޑް-19 ގެ މައުލޫމާތު ބަންގްލާދޭޝް މީހުންނަށް ދިނުމަށް ބޭއްވި ބައްދަލުވުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
Share on facebook
Share on twitter
Share on google

ކޯވިޑް 19ގެ މައުލޫމާތު ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބަންގުލާދޭޝް މީހުންނަށް ދިނުމުގެ ސެޝަނެއް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ބާއްވައިފިއެވެ.

މިއީ މިހާރު މުޅި ދުނިޔޭގައި ވެސް ހަލުއިކަމާއެކު ފެތުރެމުންދާ މި ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން ހޭލުންތެރިކަމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެކެވެ. މިސެޝަނުގައި މައުލޫމާތު ދެއްވީ ފުވައްމުލަކު ހޮސްޕިޓަލުގައި މައްސައްކަތް ކުރާއްވާ ބަންގްލާދެޝްގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ ޑރ. މުރުޝިދު ޗޯދަރީ އެވެ.

ކޯވިޑް-19 ގެ ނުރައްކާތެރިކަން ބުނެދީ ރައްކާތެރިކަމުގެ މައްޗަށް ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބަންގްޅާދޭޝްގެ ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ބަންގްލާދޭޝްގެ ބަހުން އަޑު ރެކޯޑްކޮށްގެން ފުވައްމުލައް ސިޓީގެ މަގުތަކާއި ބަންގްލާދޭޝް މީހުން ގިނައިން އުޅޭ ހިސާބުތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން މެސެޖް ފޯރުކޮށް ދިނުމުގެ ހަރަކާތެއް ވެސް ފުވައްމުލަކު ހޮސްޕިޓަލާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން މީގެ ކުރިން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ކޯވިޑް19 ގެ މައުލޫމާތު ބަންގްލާދޭޝް ބަހުން އަޑު ރެކޯޑުކޮށްގެން އަޑުގަދަކުރާއިން އިއްވުން. ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

މި އޯޑިއޯ ކްލިޕްތައް ވެސް ރެކޯޑްކޮށްފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރ، ޑރ. މުރުޝިދު ޗޯދަރީގެ އަޑުންނެވެ. މި އޯޑިއޯ ކްލިޕް ރާއްޖޭގެ އެހެން ހިސާބުތަކުގެ ހޮސްޕިޓަލް ފެސިލިޓީއަކުން ނުވަތަ ކައުންސިލްގެ އިދާރާއަކުން ބޭނުންފުޅުވާ ނަމަވެސް އެ އިދާރާއަކުން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ނުވަތަ ފުވައްމުލަކު ހޮސްޕިޓަލްގެ ކޮވިޑް-19 ފޯކަލް ޕޮއިންޓް، ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ އާމިނަތު އަޙްމަދުއާއި ގުޅުއްވުމުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

އެންމެހާ ރައްޔިތުންނަށްޓަކައި ކަމައި ގުޅޭ އިދާރާ ތަކުން (ފުވައްމުލަކު ސިޓީ ކައުންސިލް އަދި ފުވައްމުލަކު ހޮސްޕިޓަލް) މި މަސައްކަތުގައި ދެމި ތިބޭނެ ކަމަށާއި މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި އާއމްު ރައްޔިތުން މި ވަގުތު ގޭގައި މަޑުކޮށްލަ ދެއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިފައިވެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments