A wide advertisement which will be shown on all devices. (700 x 100)

ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު 11

ސާކްގައި ކޮވިޑް-19 ގެ ޓްރެންޑްސް، 30 މެއި 2020

ސާކް (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން) ގައުމުތަކުގައި ކޮވިޑް-19 އާލަމީވަބާގެ ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 11 ވަނަ ބައި ހިއްސާކުރަމެވެ. ނިމުނު ހަފުތާގައި ސާކްގެ ގިނަ ގައުމުތަކުން ކުރިޔަށްގެންދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތަށް ލުއިދޭން ވަނީ ފަށާފައެވެ. ސްރީލަންކާގައި އުވަލެވިފައިވާ ބަންދު އަލުން ވަނީ އިއާދަ ކޮށްފައެވެ. ދިވެހިރާއްޖޭގެ ބަންދުގެ މުއްދަތު ދަންމާލި ނަމަވެސް ވަނީ ބޮޑެތި ލުއި ތަކެއް ދީފައެވެ. މާލެ ކޮމިއުނިޓީއާއި މަދު ރަށްތަކެއްގައި ނޫނީ ގިނަ ގައުމުތަކުގައި ފުރަބަންދުގެ މުއްދަތު ނިމޭނީ މި މޭމަހުގެ ފަހު ހަފުތާ އާއި ޖޫން މަހު ފުރަތަމަ ހަފުތާ ތެރޭގައެވެ.

ޕާކިސްތާނުން ލޮކްޑައުން އުވާލީ ނިކަމެތި ފަގީރުންގެ ހާލަތު ގޮސްވަމުންދާތީ ކަމަށް ޕްރައިމް މިނިސްޓަ އިމްރާން ޚާނު ވިދާޅުވިއެވެ. އެއާއެކު ކޯވިޑްގެ ކޭސްތައް އިތުރުވާ ނިސްބަތް ދުވާލަކު ދެހާހުން މައްޗަށް އަރައިގެންދިޔަތަން ފެނިގެން ދިޔައެވެ. އެގޮތުން ފާއިތުވި ބުރާސްފަތި ހުކުރު ކޮންމެ ދުވަހަކުވެސް 2 ހާހުން ބަލިޖެހޭ މީހުން އިތުރުވެގެން ދިޔަކަން ރިކޯޑްތަކުން ދައްކައެވެ. އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ލުއިތަކެއް ދިނަސް ފުރަބަންދުގެ ޙާލަތު ވަނީ ޖޫން ފުރަތަމަ ހަފުތާއަށް ދަންމަލާފައެވެ.

ސާކް ގައުމުތަކުގެ ކޯވިޑ1-19 ޙާލަތު ޖުމްލަކޮށް ދެބަޔަކަށް ބެހިފައިވޭ.

ފާއިތުވި ހަފުތާ ނިމުނު އިރު ސާކްގެ ގައުމުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު އުޅޭނީ 2 ލައްކަ 13 ހާހުން މަތީގައެވެ. އަދި ބަލީގައި 5325 މީހުން، %2.5 މީހުން މަރުވެފައިވާއިރު %34 މީހުން ރަނގަޅުވެފައި ވެއެވެ. ބަލީގައި ނާޒުކު ހާލަތަށް ގޮސްފައިވާ މީހުން ގެ ރެކޯޑްތައް އެހާ ސާފެއް ނޫނެވެ.

މިއަދު 30 މެއި، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ބަލިޖެހިފައިވާ މީހުންގެ ޖުމްލަ މިވަނީ އެއިގެ ކުރީ ދެހަފުތާގެ 148641، 213451އިން 298201 އަށް އިތުރު ވެފައެވެ. އެއިގެ ތެރެއިން 116206 މީހުން (%39.0) މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި 7145 މީހުން މަރުވެފައި ވެއެވެ. އެއީ %2.40 މީހުންނެވެ.

ސާކް ކޯވިޑް-19 ޚުލާސާ، 30 މެއި 2020

މުޅި ދުނިޔޭގެ އަދަދުތަކަށް ބަލާއިރު 5.99 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި މަރުވެފައި ވަނީ 3 ލައްކަ 65 ހާސް މީހުނެވެ. އަދި ބަލި ރަނގަޅުވެފައި ވަނީ 2.65 މިލިޔަން މީހުނެވެ. މިބަލީގެ ވެކްސިނެއް ނޫނީ ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު ބަލީގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އަވަހަށް ވެސް ވެކްސިނެއް ލިބޭވަރުވާނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ވެއެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަދިވެސް އެމެރިކާއިން އިންނެވެ. އެގައުމުން 1.77 މިލިޔަނަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު އެގައުމުން 103 ހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެވަނަށް ރަޝިއާ އަރާފައި ވާއިރު 3 ވަނައަށް ބްރެޒިލް ފާއިތުވި ހަފުތާގައި އަރާފައި ވެއެވެ. ރަޝިއާގައި 3.79 ލައްކަ އަދި ބްރެޒިލްގައި 4.38 ލައްކަ މީހުންނަށް ބަލި ޖެހިފައި ވެއެވެ.

ބްރެޒިލްގައި ބަލި ފެތުރޭ ނިސްބަތް ވަރަށްބޮޑުތަން އިތުރުވެ މިހާރު ވަނީ އެމެރިކާގެ ފަހަތުން 2 ވަނަ އަށް ޖެހިލާއިވަނީ 4 ލައްކަ 39 ހާއުންނެވެ. މި ދެގައުމުގެ އިތުރުން ދެ ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ރަޝިއާ ސްޕޭން، ޔުކޭ އަދި އިޓަލީ އެވެ. އެއިގެ ފަހަތުން އެއްލައްކައަށް ވުރެ ގިނަ މީހުންނަށް ބަލިޖެހިފައި ވަނީ ފްރާންސް 1.881 ލައްކަ، ޖަރުމަން 1.82 ލައްކަ، އިންޑިއާ 1.65 ލައްކަ އާއި ތުރުކީ 1.61 ލައްކަ، އީރާން 1.43 ލައްކަ އަދި ޕެރޫ 1.41 ލައްކަ އިންނެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައި ވަނީ ވެސް އެމެރިކާ ގެ އިތުރުން ދެވަނައަށް އިނގިރޭސިވިލާތް ދެން އިޓަލީ، ފްރާންސް، ސްޕެއިން އަދި ބްރެޒިލް އިން 27 ހާސް މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގެ ނިސްބަތުން ކޮވިޑް-19 ހާލަތު. 30 މެއި 2020

ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާގެ އަދަދުވަނީ 1 ލައްކަ 20 ހާހުން 1 ލައްކަ 73 ހާހަށް މަތީގައެވެ. ފާއިތުވި 2 ހަފުތާއަށް ބަލާއިރު ޕާކިސްތާނު ވަނީ 50 ހާއުން 64 ހާހަށް ވުރެ މައްޗަށް ގޮސްފައެވެ. އެއާއެކު ފާއިތުވި ހަފުތާގައި ބަންގްލާދޭޝްއިން އޭގެކުރީ ހާފުތާގައި 30 ހާހުން 43 ހާހަށް އިތުރުވެފައި ވެއެވެ. އަފުޣާނިސްތާނުން ވެސް ވަނީ 9 ހާހުން 13 ހާހަށް އިތުރު ވެފައެވެ. މިއީ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ 4 ގައުމުގެ ގްރޫޕެވެ. ދެވަނަ ގްރޫޕުން އެންމެ ގިނަ މީހުން ބައްޔަ ޕޮޒިޓިވް ވެފައިވަނި ސްރީ ލައންކާއިނެވެ. އެއީ 1558 އެއވެ ދެވަނާގައި ދިވެހި ރާއްޖެއިންް އުޅެނީ 1547 ގައެވެ. ފާއިތުވި ހަފުތާގައި ނޭޕާލުގައި ވެސް ބަލި ފެތުރޭ ނިސްބަޔް މިވަނީ ބޮދުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން ފައިތުވި ހަފުތާގެ ކުރީ ހަފުތާގައި 507 އިން ނިމުނު ހަފުތާގައ ވަނީ އަދަދު 1212 އަށް، ޑަބަލް ވެފައެވެ. އަދިވެސް އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާނުގައެވެ. އެގައުމުގައިވެސް ބަލި ޖެހޭ ނިސްބަތް މަޑުމަޑުއިން އިތުރުވާކަން ފާހަގަ ވެއެވެ. އެގޮތުން ނިމުނު ހަފުތާގެ ކުރީ ދެހަފުތާގައި ވެސް 21 ހައި ހުރެފައި މިވަނީ 31 އިތުރު ވެފައެވެ. ބޫޓާން ފިޔަވައެއްވެ. މިބަލިގައި ބޫޓާނުން އަދި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

ސާކް ގައުމުތަކުގެ ކޮވިޑް-19، ނަަމްބަރުތައް 30 މެއި 2020

ފާއިތުވި ހަފުތާގައި ދިވެހިރާއްޖެއިން ވަނީ 331 މީަހކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. ފާއިތުވި ހަފުތާގައި ސްރީލާންކާގައި ބަލި ޖެހޭ ނިސްބަތް އިތުރުވެ ވުރެ، 1050 އިން 1558އަށް ނިމުނު ހަފުތާގައިވަނީ އިތުރުވެފައެވެ. އެއީ ކުރީ ހަފުތާއަށް ވުރެ 498 މީހުން އިތުރު އަދަދެކެވެ. ނޭޕާލް ގައިވެސް ވަނީ ދެގުނައަށް ވުރެ ވެސ ްްގިނައިން 705 މީހުން އިތުރުވެފައެވެ. އަދި ފާއިތުވި ހަފުތާގައި ނޭޕާލުން މިބަލީގައި 5 މީހުން މަރުވެ ޖުމްލަ މަރުގެ އަދަދު މިވަނީ 6 އަށް އަރާފައެވެ. ބޫޓާނުގެ އަދަދު 31 އަށް ޖެހުނު އިރު މިބަލިގައި މިހާރު ތިބީ 25 މީހުންނެއެވެ. މިބަލީގައި މީހަކު މަރުނުވެ ވަނީ ސާކުގެ ބޫޓަނުން އެކަންޏެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !