A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހިމެނޭގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް އޮރެންޖް ސަމާލު ނެރެފި

ދެވަނ ފަހރަށް ރާއްޖޭގަިއ ނެރުނު މޫސުމީ އޮރެންޖް އެލާތް

ފުވައްމުލައް ސިޓީ ހިމެނޭގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން ރޭގައި ވަނީ އޮރެންޖް ސަމާލު ނެރެފައެވެ.

ޑިޕާތްމެންޓް އޮފް މީޓިއޮރޮލޮޖީން ހާމކޮށްފައިވާ ގޮތުގައި  މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު)ން ފެށިގެން އައްޑު އަތޮޅާ ހަމައަށް ރޭ 10:30 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށް ވައި ގަދަވެ ގަޑިއަކު 34 މޭލާ 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިދަވެ، ކަނޑުތަކުގެ އުފުލޭނެކަމަށް ވެއެވެ.

ރެއިން ފެށިގެން މިރޭ 8:00 އާ ހަމައަށް ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓްއޮފީހުން ބުނެފައިވެއެވެ. އަދި އެ ވަގުތުތަކުގައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ އެވެ.

މިއަދުގެ މޫސުމް:

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެެވ.

ރާއްޖެގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވެ، ރާޅުގެ އުސްމިން 6–9 ފޫޓއަށް ބޮޑުވާނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކމަށް މެޓް އޮފީހުން ބުނެއެވެ.

މޫސުމަށް ސަމާލުވޭ!

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ދަރަޖަކޮށްފައި ވަނީ:

ހުދު ސަމާލު (ވައިޓް އެލާޓް)- އާއްމު ވައި 19-24 މޭލު ބާރުމިނުގައި، ވިލާގަނޑުގައި 50-54 މޭލަށް ވައި ގަދަވާނެއެވެ. ވާރޭ އެއްގަޑިއިރު 50 މިލިމީޓަރުގެ ވާރޭ ވެހޭނެއެވެ.

ރީނދޫ ސަމާލު (ޔެލޯ އެލާޓް)- އާއްމު ވައި 25-30 މޭލު ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު 50-62 މޭލަށް ވައި ޖެހި، އެއް ގަޑިއިރުގެ ތެރޭގައި 70 މިލިމީޓަރަށް ވާރޭ ވެހުމުންނެވެ.

އޮރެންޖު ސަމާލު (އޮރެންޖް އެލާޓް)- އާއްމު ވައި 34-40 މޭލު ބާރުމިނުގައި، ގަޑިއަކު 63-69 މޭލަށް ވައި ޖެހި، އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހުމުންނެވެ.

ރަތް ސަމާލު (ރެޑް އެލާޓް)- އާއްމު ވައި 40 މޭލަށް ވުރެ ބާރުވެފައި ބާރުމިނުގައި، ގަޑިއަކު 70 މޭލަށް ވުރެބާރަށް ވައި ޖެހި، 6 ގަޑިއިރު ތެރޭގައި 180 މިލިމީޓަރުގެ ވާރޭވެހުމުންނެވެ.

މޫސުން ގޯސްވުމުން މީގެ ކުރިން  އެއިދާރާއިން ވައިތް އެލާޓާއި ޔެލޯ އެލާޓު ނެރުން ގިނައެވެ. ނަމަވެސް ފާއިތުވި މެއި މަހު ވަނީ އަލަށް ފަހަރަށް އޮރެންޖު އެލާޓް ނެރެފަ އެވެ. އަދި ރޭގައި އޮރެންޖު އެލާޓް ނެރެނީ ދެވަނަ ފަހަރަށެވެ.

މިދުވަސްވަރު މޫސުމީ ގޯސްވަފައިވާތީ ފުވައްމުލަކުގެ ރައްޔިތުން، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ފުވައްމުލައް ސިޓީ ކައުނސިލުން އެދިފައިވެއެވެ. އަދި މުސުން ގޯސްވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ފުވައްމުލައް ސިޓީ ކައުންސިލްގެ އިމަޖެންސީ ނަމްބަރު 7315001 އަށް ގުޅުއްވައި ރިޕޯރޓް ކުރެއްވުމަށް އާއްމު ނޯޓިސް ނެރެފައި ވެއެވެ.

މޫސުމީ ހާލަތުތައް- ކުލައިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !