A wide advertisement which will be shown on all devices. (700 x 100)

މިއަދު ހަވީރު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތް ފަށަނީ

ހޭންޑްބޯލް ޕްރެކްޓިސް މެޗެއް

މިއަދު ހަވީރު ފުވައްމުލައް ސިޓީގައި އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ ފުވައްމުލަކުގެ އަވަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ފުވައްމުލކު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުޅޭ މިމުބާރާތުގެ 7 އަވަށަކުން ޓީމުތައް ވާދަކުރެއެވެ. މިއަދު މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރަނީ މާލެގަމު ކަނބަލުން ޓީމާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް އެވެ. މިއަދުގެ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:00 ގައެވެ.

މިއަދުގެ މެޗުގައި ކުޅޭ މާލެގަމު ކަނބަލުންް ހޭންޑްބޯލް ޓީމު 2020

މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓީމުތައް ދެ ގްރުޕަކަށް ބަހާލައިގެން ނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު ގުރޫޕުން އެންމެ މޮޅުވާ ދެ ޓީމެއް ސެމީ ފައިނަލަށް ވާދާކުރާ ގޮތަށެވެ. އަދި ސެމީ ފައިނަލުގައި ކްރޮސްކޮށް ކުޅެ މޮޅުވާ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މިއަދުގެ މެޗުގައި ކުޅޭ ހޯދަޑު ހަވިއްތަ ސްޕޯޓްސް ހޭންޑްބޯލް ޓީމު 2020

މިއަދު ފިޔަވައި ކޮންމެ ދުވަހަކު ވެސްް މުބާރާތުގެ 2 މެޗު ކުޅުމަށް ތާވަލް ކުރެވިފައި ވެއެވެ. އެގޮތުން ފުރުތަމަ މެޗު ފަށާނީ ހަވީރު 4:00 ގައި އަދި ދެވަނަ މެޗު 5:00 ގައި އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމޖެހިފައި ވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.

މުބާރާތުގައި ބައިވެރިވާ ބައެއް ޓީމުތަކުގެ ޖާޒީ ހަވާލުކުރުމުގެ ތެރެއިން

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް

ގްރޫޕް 1

އޭ- މާލެގަމު ކަނބަލުން ޓީމު

ސީީ -ހަވިއްތަ ސްޕޯޓްސް (ހޯދަޑު)

އީ- ފުނާޑު ސްޕޯޓްސް ޔުނިއަން

ޖީ- ދިގުވާޑު އެޗްސީ

 

ގްރޫޕް 2

ބީ- ދޫނޑިގަލޯނާ (ދޫނޑިގަން)

ޑީ-ދަޑިމަގު ރަނިން

އެފް- ފިސްޑާ ހޭންޑްބޯލް (މާދަޑު)

މުބާރާތުގެ މެޗުތައް ކުޅެ ތަރުތީބު:

ހޭންދްބޯލް މުބާރާްތ 2020 މެޗުތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !