A wide advertisement which will be shown on all devices. (700 x 100)

މިހާރު ކުރިޔަށްދާ ކުޅިވަރު މުބާރާތްތަކުގެ މިއަދުގެ މެޗުތައް ވާރެއާއި ހެދި މާދަމައަށް ފަސްކޮށްފި

ހޭންޑްބޯޅަ މުބާރާތް 2020، މިއަދުގެ މެޗުތައް ވާރޭގެ ސަބަބުން މާދަމައަށް ފަސްކުރެވިފައި

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ އަންހެނުންގެ ހެންޑްބޯލް މުބާރާތާއި ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެ މިއަދު އަދި މިރޭގެ މެޗުތައް ފަސްކުރެވިފައިވާ ކަމަަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

ފުވައްމުލަކު ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅެން އޮތް އަންހެނުންގެ ހޭންޑްބޯލް މުބާރާތުގެ ހަވިއްތަ ސްޕޯޓްސް އާއި ފުނާޑު ސްޕޯޓްސް ޔުނިއަންގެ މެޗާއި މާލެގަމު ކަނބަލުން ޓީމާއި ދިގުވާނޑު އެޗްސީގެ މެޗް ވެސް ލަސްކުރެވިފައިވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ހޭންޑްބޯޅަ މުބާރާތުގެ ފަސްކުރެވެނު ދެ މެޗު މާދަމައަށް ރިޝެޑިއުލް ކުރާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.

މާލެގަމު ފުޓްސަލް ދަނޑުގައި ކުރިޔަށްދާ ވެޓަރަންސް ފުޓްސަލް މުބާރާތުގެ މިރޭގެ 3 މެޗު ވެސް ފަސްކުރެވިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި މެޗުތައް ފަސްކުރަން ޖެހުނީ މިއަދު ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުންދާތީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !