A wide advertisement which will be shown on all devices. (700 x 100)

ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގައަށް މާލެގަން އަދި ހޯދަޑު ހަވިއްތަ ޓީމު ހޮވިއްޖެ

ގްރޫޕް 2 އިން ސެމީ ފައިނަލަށް ދިޔަ ދެ ޓީމުގެ ކެޕްޓަނުން

ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި މިހާރު ކުޅެވެމުންދާ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގައަށް މާލެގަމު ކަނބަލުން ޓީމާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ޓީމު ހޮވިއްޖެއެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ހޮވުނީ އިއްޔެ ހަވީރު ކުޅެވުނު ގްރޫޕް 1 ފަހު ދެ މެޗުން މޮޅުވެގެންނެވެ.

އިއްޔެ ހަވީރު 4:00 ގައި ހޯދަޑު ހަވިއްތަ ސްޕޯޓްސް ޓީމު ވާދަކުރީ ފުނާޑު ސްޕޯޓްސް ޔުނިއަން ޓީމާއެވެ. މިމެޗު މޮޅުވެގެން އަދި އެއްވަރުކޮށްގެން ވެސް ފުނާޑް ސްޕޯޓްސް ޔުނިއަން އަށް ގްރޫޕު 1 އިން ސެމީ ފައިނަލަށް ދިއުމުގެ ފަހި ފުރުސަތެއް އޮތެވެ. ނަމަވެސް ފަސޭހަކަމާއެކު ހޯދަޑު ހަވިއްތަ ސްޕޯޓްސް އިން މެޗު ކާމިޔާބުކުރީ 3-0 އިންނެވެ.

ގްރޫޕް 2 އިން ސެމީ ފައިނަލަށް ދިޔަ ދަޑިމަގު ރަނިން (ފެހި) ޓީމު.

ގްރޫޕް 1 ގެ ފަހުމެޗުގައި އިއްޔެ ހަވީރު 5:00 ގައި ކުޅުނީ މާލެގަން ކަނބަލުން ޓީމާއި ދިގުވާނޑު އެޗްސީ ޓީމެވެ. މިމެޗު 5-3 އިން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ މާލެގަން ކަނބަލުން ޓީމުން ޔަގީން ކުރިއެވެ. މިމެޗުން ބަލިވި ދިގުވާޑު ޓީމު މުބާރާތުން ކެޓީ ކުޅުނު 3 މެޗުންވެސް ބަލިވެ ބައިކޮޅަށް 15 ގޯލުވަން އިރު އެޓީމަށް ޖެހިފައި ވަނީ ޖުމްލަ 7 ގޯލެވެ.

ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މިވަނީ ކުޅެ ނިމިފައެވެ. ތިން ޓީމު ހިމެނޭ ގްރޫޕް 2 އިން ދަޑިމަގު ރަނިން ޓީމުން ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު 12 ގޯލު ޖަހައި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައި، ގްރޫޕް ގެ އެއްވަނަ ވަނީ ހޯދާފައެވެ. ދެވަނަ ދޫނޑިގަލޯނާ ޓީމަށް ލިބޭއިރު މިގްރޫޕުން ކެޓީ މާދަޑު ފިސްޑާ ޓީމެވެ.

ހޭންޑްބޯޅަ މުބާރާތް 2020، ގްރޫޕް ސްޓެޖް ނިމުނު އިރު ޕޮއިންޓް ޓޭބަލް

މުބާރާޓުގެ ސެމީ ފައިނަލް ދެމެޗު ކުޅެނީ މާދަމާ، 4 ސެޕްޓެމްބަރުގައެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް 1 ގެ އެއްވަން ޓީމުގެ ގޮތުގައި މާލެގަން ކަނބަލުން ޓީމާއި ގްރޫޕް 2 ގެ ދެވަނަ ޓީމުގެ ގޮތުގައި ދޫނޑިިގަލޯނާ ޓީމެވެ. ދެވަނަ މެޗުގައި ހަވީރު 5:00 ގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެވަނަ ޓީމުގެ ގޮތުގައި ދަޑިމަގު ރަނިން ޓީމާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ޓީމެވެ.

ފުވައްމުލަކު ސްޓޭޑިއަމްގެ ވެލިދަނޑުގައި ކުޅޭ މި މުބާރާތުގެ 7 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ދިގުވާޑު އެޗްސީ ޓީމު މުބާރާތުން ކަޓާފައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !