A wide advertisement which will be shown on all devices. (700 x 100)

ހޭންޑްބޯޅަ މުބާރާތް 16އަހަރުން ދަށް: މޮޅަށް ކުޅެ މިސްކިތްމަގު ޖޫނިއަސް ސެމީފައިނަލަށް

މިސްކިތްމަގު 7-4 ފިސްޑާ. ދެޓީމުވެސް ސެމީފައިނަލަށް.

މިހާރު ކުރިޔަށްދާ ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020ގެ ގްރޫޕް ސެޓޭޖުގެ ފަހު މެޗުގައި މިސްކިތްމަގު ޖޫނިއަސް ޓީމުން ވަނީ މޮޅުކުޅުމެއް ދައްކައި ސެމީފައިނަލުން ޖާގަ ހޯދާ، ގްރޫޕްގެ ވެސް އެއްވަނަ ހޯދައިފައެވެ..

އިއްޔެ ހަވީރު ކުޅެވުނު ބީ ގްރޫޕްގެ ފަހު މެޗުގައި ފިސްޑާ ޖޫނިއަސް އާއި ވާދަކޮށް 4-7 އިން މޮޅުވެ މިސްކިތްމަގު ޖޫނިއަސްގެ ޓީމުން ވަނީ މޮޅަށް ކުޅެ ގިނަ ބަޔަކު ހައިރާންކޮށްލައިފައެވެ. މެޗަށް ނުކުތްއިރު ގްރޫޕްގެ ފުލުގައި މިސްކިތްމަގު ޓީމު އޮތީ 0 ޕޮއިންޓާއެކުއެވެ. މެޗުން މޮޅުވުމުގެ އިތުރަށް ފައިދާ ގޯލުން ވެސް ތަފާތެއް ނުހޯދައި ސެމީފައިނަލުގެ ޖާގައެއް ލިބުމުގެ އުއްމީދު އޮތީ ކުޑަވެފައެވެ. ނަމަވެސް ގްރޫޕްގައި އެންމެ ވަރުގަދަ ކަމަށް ފެނުނު މާދަޑު ފިސްޑާ ޖޫނިއަސް ޓީމާއި ދެކޮޅަށް ނުކުމު 4 ގޯލުގެ ތަފާތުން މޮޅެއް ހޯދައި ގްރޫޕްގެ އެއްވަނަ ވެސް މި ޓީމުން ހޯދިއެވެ.

މިސްކިތްމަގު ޓީމުން ވަނީ މެޗުގައި މޮޅު ކުޅުުމެއް ދައްކާފަ..

މުބާރާތް އިންތިޒާމުކުރާ މިސްކިތްމަގު އަވަށަށް ނިސްބަތްވާ ޓީމެއް މުބާރާތުގެ ސެމީފައިނަލަށް ދިއުމަކީ މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމެކެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އިއްޔެ ނިމުނު އިރު އޭ ގްރޫޕްގެ 1 ވަނަ ދިގުވާޑު އަފުން ޓީމަށް ލިބެނީ ކުޅުނު ދެމެޗުން ވެސް މޮޅުވެ 4 ޕޮއިންޓާއި 10 ގޯލު ޖަހައި ފައިދާ 6 ގޯލާއެކުއެވެ. މި ގްރޫޕްގެ 2 ވަނަ ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރސް އަށް ލިބެނީ އެއް މެޗުން މޮޅުވެ 3 ޕޮއިންޓާއެކު 5 ގޯލުޖައި ބައިކޮޅަށް 10 ގޯލު ވަދެގެން 5- ގޯލް ގެއްލުމާއެކުއެވެ. މި ގްރޫޕުން ކެޓީ ދޫނޑިގަލޮނާ ޖޫނިއަސް ޓީމެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް.

ގްރޫޕް ބީގެ ކޮންމެ ޓީމަކުން ވެސް ކުޅުނު ދެ މެޗުގެތެރެއިން 1 މެޗުން މޮޅުވެ ހުރިހާ ޓީމެއް ވަނީ 3 ޕޮއިންޓުން އެއްވަރުވެފައެވެ. ވުމާއެކު ގްރޫޕްގެ ނަތީޖާ ނެރެން ޖެހުނީ ފައިދާ ގޯލް ނޫނީ ގޯލް ތަފާތުންނެވެ. އެގޮތުން ބަލާއިރު މިސްކިތްމަގު ޖޫނިއަސް ޓީމަށް ކުޅުނު ދެ މެޗުގައި 8 ގޯލުޖަހައި ބައިކޮޅަށް 6 ގޯލް ވަދެ، ފައިދާ 2 ގޯލުން ކުރި ހޯދައި ގްރޫޕްގެ 1 ވަނަ ލިބެއެވެ. ގްރޫޕްގެ 2 ވަނަ މާދަޑު ފިސްޑާ ޖޫނިއަސް ޓީމަށް ލިބެނީ 11 ގޯލު ޖެހިއިރު ބައިކޮޅަށް ވެސް 11 ގޯލު ވަދެ، ފައިދާ/ގެއްލުން ގޯލެއް ނެތިއެވެ. މި ގްރޫޕުން 3 ވަނަ ލިބޭ އެކުވެރި ފުނާޑު ޓީމަށް ވެސް 3 ޕޮއިންޓް ލިބި، 6 ގޯލު ޖެހިއިރު 8 ގޯލު ބައިކޮޅަށް ވަދެ ގެއްލުން 2 ގޯލާއެކު މުބާރާތާއި ވަކިވާން ޖެހުނީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ

ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށް ގެންދާ މިމުބާރާތުގެ ސެމީފައިނަލުގެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ. ފުރަތަމަ މެޗުގައި ހަވީރު 4:00 ގައި ވާދަކުރާނީ ގްރޫޕް އޭ ގެ 1 ވަނަ ދިގުވާޑު އަފުން ޓީމާއި ގްރޫޕް ބީ ގެ ދެވަނަ ޓީމު މާދަޑު ފިސްޑާ ޓީމެވެ. ހަވީރު 5:00 ގައި ވާދަކުރާނީ ގްރޫޕް ބީ ގެ 1 ވަނަ ޓީމު މިސްކިތްމަގު ޖޫނިއަސް އާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރސް ޓީމެވެ.

މިއީ މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތެކެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރު ވާ ހުކުރު ދުވަހު ހަވީރު 4:30 ގައެވެ.

މިސްކިތްމަގު 7-4 ފިސްޑާ. ދެޓީމުވެސް ސެމީފައިނަލަށް.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !