ހޭޒްގެ އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް މާދަމާ ހެނދުނު ފަށަނީ

ހެޒް ނެޓްބޯޅަ މުބާރާތުގެ ފަރިތަކުރުން
Share on facebook
Share on twitter
Share on google

ހާފިޒު އަހުމަދު ސްކޫލުގެ (ހޭޒް)ގެ ނެޓްބޯޅަ މުބާރާތް މާދަމާ ހެނދުނު ފަށަން ތައްޔާރުވެއްޖެއެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ އެސްކޫލުގެ ގްރޭޑް 7 އިން މަތިގެ ދަރިވަރުން 4 ހައުސްގެ ޓީމުތަކުގައި ވާދަކުރާގޮތަށާއި ގްރޭޑް 6 އިން ދަށުގެ ގްރޭޑް ތަކުގެ ކްލާސްތައް ވާދަކުރާ ގޮތަށެވެ.

ހެޒް ނެޓްބޯޅަ މުބާރާތުގެ ފަރިތަކުރުން

މިމުބާރާތުގެ ކުޅުން ބާއްވަނީ ހޭޒްގެ ގޯތިތެރޭގައި އާއި އެސްކޫލުގެ ހޯލުގައެވެ.

ޟާދަމާ ހެނދުނު ފުރަތމަ މެޗުގައި ބައްދަކުކުރާނީ ހެނދުނު 6:30ގައި ގްރޭޑް 2އެއާއި ބީ ކްލާހެވެ. އަދި އެއިގެ ފަހުން ގްރޭޑް 3 ގެ އޭ އާއި ސީ ކްލާހުގެ މެޗެވެ. ހަވީރު 4:00ގައި ކުޅޭނީ ކޭއެސްގެ ދެމެޗެވެ. އެއީ ކޭއެސް1 އޭ އާއި ބީ ވާދަކުރާ މެޗާއި ސީ އާއި ޑީ ކްލާސް ބައްދަލުކުރާ މެޗެވެ.

ހެޒް ނެޓްބޯޅަ މުބާރާތުގެ ގުރުއަތު ނެގުން

ހަވީރު 5 ޖާހާއިރު ކުޅޭބިމުގައި ގްރޭޑް 4 ގެ އޭ އަދި ބީ ކްސް ބައްދަލުކުރާއި އިރު 5:30ގައި ބައްދަލުކުރާނީ ގްރޭޑް 5 ގެ އޭ އަދި ބީކްލާހެވެ.

ހަވީރުގައި ހޯލުގައި ހައުސްތަކުގެ މެދުގައި މަތިގެ ރޭޑްގެ ކުދިންގެ މެޗުތައް ކުރިޔަށް ގެންދާގޮތަށް ވަނީ ރާވާފައެވެ. އެގޮތުން ހަވީރު 4؛00 ގައި ވާދަކުރާނީ މާލިކީ ހައުސްގެ (ރީނދޫ) ޓީމާއި ހަނަފީ ހައުސް (ފެހި) ޓީމެވެ. އަދި 4:30ގައި ހަންބަލީ ހައުސް (ރަތް) ޓީމާއި ޝާފީ ހައުސް (ނޫ) ޓީމުގެ މެޗު ކުޅެގޮތަށެވެ.

ހެޒް ނެޓްބޯޅަ މުބާރާތުގެ ފަރިތަކުރުން

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ހައުސްތަކުގެ ބައި 15، 15 އަދި 17 ނޮވެމްބަރު ގެ ހަވީރުއެވެ. އަދި ކްލާސްތައް ވާދަކުރާ ބައި 15-19 ނޮވެމްބަރަށް ހެނދުނާއި ހަވީރު ދެ ކޮޓުގަިއ ކުޅޭގޮތަށެވެ. އެއީ ބޮޑު ނިކަގަސް (ބޮނޑު ކިރިގެހެ) ދަށުގެ ކޯޓާއި ކުޅޭ ބިމުގެ ކޯތުގައެވެ.

 

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments