A wide advertisement which will be shown on all devices. (700 x 100)

ހޭޒް: އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތުގައި މިއަދު މޮޅުވީ ހަންބަލީ ހައުސް އާއި ހަނަފީ ހައުސް

ހޭޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021 ފެށުން

މިއަދު ހެނދު ފެށި ހާފިޒު އަހުމަދު ސްކޫލުގެ (ހޭޒް)ގެ އިންޓަ ހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް މިއަދު މޮޅުވީ ހަންބަލީ ހައުސް(ރަތް) އާއި ހަނަފީ ހައުސް (ފެހި) އެވެ.

ހައުސްތަކުގެ ބައިގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހޯލުގެ ކޯޓުގައި ވާދަކުރީ ހަނަފީ ހައުސް (ފެހި) ޓީމާއި މާލިކީ ހައުސްގެ (ރީނދޫ) ޓީމެވެ. މިމެޗު  26 ޕޮޓް 9 ޕޮޓުގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ހަނަފީ ހައުސް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހަނަފީ ހައުސްގެ ގޯލް އެޓޭކާ އާއިޝަތު އާޝީ ސާޖިދުއެވެ.

ނެޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗުގެ މެޗުގެ މޮޅު ކުޅުންތެރިއާ- ގޯލް އެޓޭކާ އާއިޝަތު އާޝީ ސާޖިދު

މިބައިގެ ދެވަނަ މެޗުގައި ވާދަކުރީ ހަންބަލީ ހައުސް (ރެޑް) ޓީމާއި ޝާފީ ހައުސްގެ (ބްލޫ) ޓީމު ބައްދަލުކުރި މެޗު 23 ޕޮޓް 16 ޕޮޓުން ކާމިޔާބުކުރީ ހަންބަލީ ހައުސް(ރެޑް)ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހަންބަލީ ހައުސް(ރެޑް)ގެ ސެންޓަ މާއީ މުފީދު އިބްރާހިމް އެވެ.

ނެޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗުގެ މެޗުގެ މޮޅު ކުޅުންތެރިއާ – ސެންޓަ މާއީ މުފީދު އިބްރާހިމް

މިމުބާރާތުގައި މިއަދު ހެނދުނު ހެނދުނު 6:30ގައި ފުރަތަމަ މެޗުގައި ބައްދަކުރީ ގްރޭޑް 2 އޭ އާއި ބީ ކްލާހެވެ. މިމެޗް 7 ޕޮޓް 0 ޕޮޓުން ކާމިޔާބުކުރީ 2ބީ އެވެ. އަދި ގްރޭޑް 3 އޭ އާއި ސީ ކްލާހުގެ މެޗުން 13-5 އިން މޮޅުވީ 3 އޭ އެވެ.

ބޮޑު ކާނިގަސްދޮށުގައި ކުޅުނު ފައުންޑޭޝަން ސްޓޭޖް (އެފްއެސް) 1 އޭ އާއި ބީ ގެ ޓީމު އަދި ޓީމުގެ މެޗުން 1 -7 އިން މޮޅުވީ ޓީމު ބީއެވެ. އަދި ޓީމް ސީ އާއި ޑީ ގެ މެޗުން 2-3 އިން މޮޅުވީ ޓީމް ޑީއެވެ.

ކުޅޭބިމުގެ ކޯޓުގައި ގްރޭޑް 4 އޭ އާއި 4 ބީ ގެ މެޗު 4 ޕޮޓު- 4 ޕޮޓުން ވީ އެއްވަރެވެ. އަދި 5 އޭ އާއި 5 ބީގެ މެޗު 16 ޕޮޓު 2 ޕޮޓުގެ ބޮޑު ތަފާތަކުން މޮޅުވީ 5 އޭ ކްލާހެވެ.

ހެޒްގެ އިންޓާހައުސް/ކްލާސް ނެޓްބޯޅަ މުބާރާތް 2022/2021

ހައުސްތަކުގެ ބައިން މާދަމާ 4:00ގައި ވާދަކުރާނީ މާލިކީ (ޔެލޯ) ހައުސް އާއި ޝާފީ (ބްލޫ) ހައުސް އެވެ. އަދި 4 ވަނަ މެޗުގައި ވާދަކުރާނީ ހަނަފީ (ގްރީން) ހައުސް އާއި ހަމްބަރީ (ރެޑް) ހައުސް އެވެ.

މާދަމާގެ މެޗުތައް ކުޅުމައް ހަމަޖެހިފައިވަނީ މެންދުރުފަހު އެވެ. ކްލާސްތަކުގެ ބައިން މާދަމާ ބައްދަލުކުރާނީ:

ގްރޭޑް 3 ބީ އާއި ސީ، ނިކަގަސް ދޮށު ކޯޓުގައި

ގްރޭޑް 2 އޭ އާއި ސީ، ނިކަގަސް ދޮށު ކޯޓުގައި

ގްރޭޑް 6 އޭ އާއި ބީ، ހޯލުގައި

ގްރޭޑް 6 ސީ އާއި ޑީ، ހޯލުގައި

ފައުންޑޭޝަން ސްޓޭޖް ޓީމް އޭ އައި ޓީމް ޑީ

ފައުންޑޭޝަން ސްޓޭޖް ޓީމް ބީ އައި ޓީމް ސީ

ގްރޭޑް 4 އޭ އާއި ސީ، ކުޅޭ ބިމު ކޯޓުގައި

ގްރޭޑް 5 އޭ އާއި ބީ، ކުޅޭ ބިމު ކޯޓުގައި

 

މިމުބާރާތް ކުރިޔަށް ގެންދަނީ ހޭޒްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުން 4 ހައުސްގެ ޓީމުތަކުގައި ވާދަކުރާ ގޮތަށާއި ގްރޭޑް 6 އިން ދަށުގެ ގްރޭޑް ތަކުގެ ކްލާސްތައް ވާދަކުރާ ގޮތަށެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ހައުސްތަކުގެ ބައި 15، 16 އަދި 17 ނޮވެމްބަރު ގެ ހަވީރުއެވެ. އަދި ކްލާސްތައް ވާދަކުރާ ބައި 15-19 ނޮވެމްބަރަށް ހެނދުނާއި ހަވީރު ދެ ކޯޓުގައި ކުޅޭގޮތަށެވެ. އެއީ ބޮޑު ނިކަގަސް (ބޮނޑު ކިރިގެހެ) ދަށުގެ ކޯޓާއި ކުޅޭ ބިމުގެ ކޯތުގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !