A wide advertisement which will be shown on all devices. (700 x 100)

މެސީ 7 ވަނަ ފަހަރަށް ބެލޮންޑިއޯ ހާސިލުކޮށްފި

މިފަހަރުގެ ބެލޮންޑިއޯ އެވޯޑް މެސީ އާއި ބާސެލޮނާގެ ޕުޓެއްލާސް އަށް

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ބެލޮންޑިއޯ 7 ވަނަ ފަހަރާ އާޖެންޓީނާގެ ލިއޮނެލް މެސީ ހާސިލުކޮށްފިއެވެ. ރޭ ފްރާންސްގެ ޕެރިރިސްގައި ބޭއްވި ރަސްމިއްޔާތުގައި މެސީ މި އެވޯޑް ޙާސިލުކުރީ ޖަރުމަންގެ ބެޔާން މިޔުނިކަށް ކުޅޭ ރޮބާޓް ލެވަންޑޯސްކީއަށް އަށް ވުރެ 33 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ރޭ ފްރާންސްގެ ޕެރިހުގައި ބޭއްވި ރަސްމިއްޔާތުގައި މެސީއަށް ބެލޮންޑިއޯ އެވޯޑް ހަވާލުކޮށްދީނީ އެކުވެރި ލުއިސް ސުއަރެޒް.

މިއީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް، ބެލޮންޑިއޯ އެއް ކުޅުންތެރިއަކު ހޯދި އެންމެ ގިނަފަހަރެވެ. މެސީއާއި އެންމެ ކައިރިން ވާދަކުރަމުން އަންނަ ކްރިސްޓިއާނާ ރޮނަލްޑޯއަށް މި އެވޯޑް ލިބިފައިވަނީ 5 ފަހަރެވެ. އަދި މީއި ކުރިޔަށް އޮތްތަނުގައި ވެސް އެހެން ކުޅުންތެރިއަކަށް މުގުރާލަން އުނދަގޫވަނެ ރެކޯޑެއްކަމަށް ބެލެވެއެވެ. މެސީ މިއެވޯޑް ހޯދާފައިވަނީ 2009, 2010, 2011, 2012, ޖެހިޖެހިގެން 4 އަހަރު އަދި އެއިގެ ފަހުން 2015 އާއި 2019 ވަނ އހަރުގެ އިތުރން މިއަހަރު 2021 ވަނަ އަހަރުއެވެ.

އެންމެ ގިނަ ބެލޮންޑިއޯ އެވޯޑް މެސީ އަށް

ރޭގެ އެވޯޑް ސެރަމަނީގައި މެސީ ބުނެފައިވަނީ މިގެ 2 އަހަރު ކުރިން (2019) އެވޯޑް ލިބުނުއިރު ބެލެވުނީ އެއީ އެނާއަށް މިއެވޯޑް ލިބޭނެ އެންމެ ފަހު ފަހަރު ކަމަށެވެ. ނަމަވެސް ކޮޕާ އެމެރީކާ ފުޓްބޯޅަ މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށް ދެވުމަކީ މިފަހަރުގެ އެވޯޑް ހާސިލުކުރުމުގެ އެނެމް މުހިންމު ބައި ކަމަށެވެ. މެސީ އަސް އެވޯޑް ހާވަލުކުރީ އޭނާގެ ބެސްޓް ފްރެއިންޑް އަދި ކުރީގެ ބާސެލޮނޯ ޓީމްމޭޓް ލުއިސް ސުއަރޭޒް އެވެ.

ބެލެވޭ ގޮތުގައި މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި މިއެވޯޑް ހަސިލުކުރެވޭނެ އެނެމް ފަހު ފަހަރެވެ. އެއީ މިހާރު އުމުރުން 34 އަހަރުވެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރުގައި ބާކީ މާގިނަ އހަރުތަކެއްގައި މިފެންވަރުގައި ކުލެވޭނެ ކަމަށް ނުބެލެވޭތީއެވެ. ހަމަ އެގޮތަށް، ފުޓުބޯޅާގައި މެސީއާއި އެންމެ ވާދަކުރާ ކްރިސްޓިއާނާ ރޮނަލްޑޯ އަށް ވެސް 35 އަހަރުވެފައި ވުމުން ކެރިއަރުގައި އިތުރު ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ފުރުސަތު ކުޑަވުމެވެ.

މެސީގެ ހާސިލުކުރި 7 ބެލޮންޑިއޯ އެވޯޑް – 2021

ފްރާންސް ފުޓްބޯލް އިން ދޭ މިއެވޯޑަކީ ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ އެވޯޑެވެ. މިފަހަރު 2 ވަނަ އަށް ދިޔަ ލެވެންޑޮސްކީ އަށް ފާއިތުވި 2020 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑްލިބޭނެ ކަމަށް ބެލިފައި ވިޔަސް ކޮވިޑްގެ ބަންދުކާއެކު އެއަރުގެ އެވޯޑް ދިނުން ވަނީ ކެންސަލް ކޮށްފައެވެ.

2021 ވަނަ އަހަރު ބެލެންޑިއޯ އެވޯޑުގެ އިތުރުން ވެސް މުހިންމު ވަނަތަކަށް ރެގެ ރަސްމިއްޔާރުގައި އެވޯޑް ދީފައި ވެއެވެ.

މިއަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ ބެލޮންޑިއޯ ކާމިޔާބުކުރީ ބާސެލޯނާގެ އެލެކްސިއާ ޕުޓެއްލާސް އެވެ.

އެންމެ މޮޅު ގޯލުޖެހުން ތެރިޔާ: ރޮބާޓް ލެވެންޑޮސްކީ- ބެޔާން މިޔުނިކް

ޔާޝިން ޓްރޮފީގެ ނަމުގައި ދޭ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހާސިލުކުރީ އިޓަލލީގެ ގޯލްކީޕަރު ޖިއަންލޫޖީ ޑޮނަރުއްމާ (22 އަހަރު) އެވެ.

ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލުކުރީ ބާސެލޮނާގެ މިޑްފިލްޑާ ޕެޑްރި (19 އަހަރު) އެވެ.

ފާއިތުވި އަހަރުގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ ޗެލްސީއެވެ. ނަމަވެސް ރޭގެ ގިނަ (3) މަގާމުތައް ލިބިގެން ދިޔައީ ފާއިތުވި އަހަރު ބާސެލޯނާގެ ކުޅުންތެރިންނަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނަތައް ހޯދީ ފަރާތްތައް- 2021

އެ ލިޔުމުގައި ވާގޮތުން ލެވަންޑޯސްކީއަށް އެއްވަަނަ ލިބެނީ 627 ވޯޓާއެކު މެސީ އަށް ވުރެ ކުރި ހޯދައިގެންނެވެ. މި ލިސްޓްގެ 3 ވަނާގައި އޮތީ ރިއާލް މެޑްރިޑްގެ ކަރީމް ބެންޒަމާ (526) އަދި 4 ވަނާގައި ލިވަޕޫލްގެ މުހައްމަދު ސަލާހް (412) އޮތް އިރު 5 ވަނާގައި ޗެލްސީގެ ޖޯޖީނިއޯ އެވެ.

ބެލެންޑިއޯ 2021 ގަދަ 10 ވޯޓް

1 ވަނަ ލިއޮނެލް މެސީ – 630

2 ވަނަ ރޮބަޓް ލެވެންޑޮސްކީ- 580

3 ވަނަ ޖޯޖީނިއޯ – 460

4 ވަނަ ކަރިމް ބެންޒަމާ -239

5 ވަނަ – އެންގޮލޯ ކާންޓޭ – 186

6 ވަނަ -ކްރިސްޓިއާނާ ރޮނަލްޑޯ – 178

7 ވަނަ މުހައްމަދު ސަލާހު – 121

8 ވަނަ ކެވިން ޑި ބްރެނާ -73

9 ވަނަ އެމްބާޕޭ – ޕީއެސްޖީ – 58

10 ވަނަ ޖިއަންލުޖި ޑޮނަރުއްމާ – 36

ބެލޮންޑިއޯ އެވޯޑް ނޮމިނީސް 2021

ގިނަ ބަޔަކު ގަބޫލުކުރަނީ ގޮތަށް މިސީޒަންގެ ބެލޮންޑިއޯ އެވޯޑް ހޯދި މެސީއެވެ. އެއީ ނިމުނު ސީޒަންގައި އޭނާ ދެއްކި މޮޅު ކުޅުމުންނެވެ. އެގޮތުން ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތާއި ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ޓީމުގައި އޭނާ މޮޅުކުޅުމެއް ދައްކަމުން އަންނާތީއެވެ. ނަމަވެސް މިސީޒަންގައި ޕީއެސްޖީއަށް ބަދަލުވެ އަދި މާބޮޑު ކުރިއެރުމެއް ނުޙޯދެއެވެ. މެސީއަކީ އާއި ކްރިސްޓިއާނާ ރޮންލްޑޯގެ އިތުރުން، 3 ފަހަރު މިއެވޯޑް ހޯދައިގެން 3 ވަނާގައި 3 ކުޅުންތެރިން އެބަތިއްބެވެ. އެއީ ނެދަލޭންޑްގެ ޔޯހާން ކްރައިފް، މާކޯވެން ބާސްޓެންގެ އިތުރުން ފްރާންސްގެ މައިކަލް ޕްލެޓިނީއެވެ.

މެސީގެ ބެލޮންޑިއޯ އެވޯޑް

ބެލޮންޑިއޯ އެވޯޑަކީ ކޮންމެ އަހަރަކު އެއްފަހަރު ފްރާސް ފުޓްބޯލް މެގަޒިންގެ އިން ދޭ ދުނިޔޭގެ ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ޝަރަފުވެރި އިނާމެވެ. މިއެވޯޑަށް މީހުން ހޮވުމުގައި ބަލަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން ގެ އިތުރުން ކަނޑައެޅޭ ފުޓްބޯޅައިގެ ޚާއްސަ ނޫސްވެރިންނާއި ޓެކްނިކް މީހުން ދޭ ވޯތަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !