މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް މާދަމާ ރޭ ފަށަނީ

ސިޓީކައުނސިލްގެ ފުޓްސަލްމުބާރާތުގެ ގުރުއަތަލުން
Share on facebook
Share on twitter
Share on google

މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ކުޅުން މާދަމާ ފެށޭނެއެވެ. އިއްވެ ވަނީ މުބާރާތުގެ ގުރުއަތުލުން ބާއްވާފައެވެ. މިއީ ސިޓީ ކައުންސިލުން ބާއްވާ 3 ވަނަ ފުޓުސަލް މުބާރާތެވެ.

މިމުބާރާތުގައި ބައިވެރިވެފައި ވަނީ 8 ޓީމެވެ. މި8 ޓީމު ވަނީ ދެ ގްރޫޕަށް ބަހާލާފައެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅޫ ދެޓިމެއް ސެމީފައިނަލްގައި ކްރޮސްކޮށް ބައްދަލުކުރުމަށްފަހު މޮޅުވާ ދެ ޓީެމެއް ފައިނަލަށް ދާނެއެވެ.

މި މުބާރާތުގެ ކުޅުން ފަށާނީ މާދަމާ، 21 ޑިސެމްބަރު ދުވަހުގެ ރޭގައެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓުގައެވެ. ކޮންމެ ރެއަކު ވެސް ދެމެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ މެޗު ފަށަޏި 21:00ގައެވެ. އަދި ދެވަނަ މެޗު ފަށަނޫީ 22:00ގައެވެ.

މުބާރާތުގެ ގުރުއަތަލުން

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް އާއި ހޯދަޑު ސްޕޯރޓްސް ކްލަބް އެވެ. އަދި މާދަމާ ރޭގެ ދެވަނ ަމެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ފުނާޑު އވަށަުގެ ދެޓިމ ކަމަށްވާ އެކުވެރި ފުނާޑު އާއި އެކްސްޖޭވީސީ ފުނާޑު ޓީމެވެ.

މިއީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޮށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

ގްރޫޕް 1

އޭ -އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް

ބީ- ހޯދަޑު ސްޕޯރޓްސް ކްލަބް

ސީ- އެފްސީ ދަޑިމަގު ޖޫނިއާސް

ޑީ- މާލެގަން ޔޫތު ފައުންޑޭޝަން

ގްރޫޕް 2

އީ – އެކުވެރި ފުނާޑު

އެފް – އެކްސްޖޭވީސީ ފުނާޑު

ޖީ – އެފްސީ ދޫނޑިގަލޯނާ

އެޗް – އެފްސީ ދަޑިމަގު

މުބާރާތުގެ ގުރުއަތަލުން

އެންމެ ފަހުން 2020 ވަނަ އަހަރު ސިޓީ ކައުންސިލުން ބޭއްވި ވެޓެރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ. އަދި 2019ގައި ސިޓީ ކައުންސިލުން ބޭއްވި ފުވައްމުލަކު އޮފީސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޓީމުންނެވެ.

މުބާރާތުގެ ތާވަލް

މެޖިކްލީން ފުވައމްުލައް ސިޓީ ކައުންސިލްް ފުޓްސަލް މުބާރާތް 2021 ގެ ތާވަލް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments