A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ވޮލީބޯޅަ ކޭމްޕް ނިންމާލައިފި

ހޯދަޑު އަވަށުުން ބޭއްވި ވޮލީބޯޅަ ކޭމްޕް ނިންމުމުގެ ތެރެއިން 2022 ޑިސެމްބަރު

ހޯދަޑު އަވަށުގެ ޒުވާނުން އިސްނަގައިގެން، ޑަބްލިޔު ޑީސީގެ ނާއިބު ރައީސާ ނާފީއާ އާއި ހަނީފު އިސްވެ ހަރަކާތްތެރިވި ހޯދަޑު ވޮލީ ކޭމްޕް 2022 އިއްޔެ ނިންމާލައިފިއެވެ.

މިއީ ހޯދަޑު އަވަށުގެ ޒުވާން އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވި 15 ދުވަހުގެ ވޮލީ ކޭމްޕެކެވެ. މިކޭމްޕަގައި ބައިވެރިވި 28 ބައިވެރިނަށް ތަމްރީނު ދީފައިވަނީ ހެޑްކޯޗް ޝިފާގް އިބްރާހިމް އާއި އެސިސްޓެންޓް ކޯޗް އަފްޒަލް އަބްދުﷲ އެވެ.

ހޯދަޑު އަވަށުުން ބޭއްވި ވޮލީބޯޅަ ކޭމްޕް ތަމްރިޏުތަކުގެ ތެރެއިން 2022 ޑިސެމްބަރު

ހޯދަޑު ވޮލީ ކޯޓުގައި ފާއިތުވި ނޮވެމްބަރު 15 އިން 30 އަށް ކުރިޔަށްދިޔަ މިކޭމްޕްގެ މަގުސަދަކީ ހޯދަޑު އަވަށުގައި ވޮލީބޯޅަށް ލޯބިކުރާ އަކުލާގު ރަނގަޅު ކުދިންތަކެއް ބިނާކުރުން ކަމަށް މިހަރަކާތުގައި އިސްކޮށް އުޅުއްވި ފުވައްމުލައް ސިޓީ ޑަބްލިޔު ޑީސީގެ ނާއިބު ރައީސާ ނާފީއާ ވިދާޅުވިއެވެ.

ހޯދަޑު އަވަށުްނ ބޭއްވި ވޮލީބޯޅަ ކޭމްޕް ނިންމުމުގެ ތެރެއިން 2022 ޑިސެމްބަރުވޯލީ ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލައް ސިޓިގެ މޭޔާރު އިސްމާއީލް ރަފިގުއެވެ. އަދި މިރަސްމިއްޔާރުގައި ހޯދަޑު ނިސްބަތްވާ ދާއިރާގެ ސިޓީ ކައުނސިލް މެމްބަރު އަބްދުﷲ ނާސިރު ވެސް ބައިވެރި ވެވަދައިގެން ހަނދާނީ ލިޔުން ބައްސަވައި ދެއްވިއެވެ.

ހޯދަޑު އަވަށުުން ބޭއްވި ވޮލީބޯޅަ ކޭމްޕް އިންތިޒާމުކުރި އޮފިޝަލުންގެ ޓީމު

މިފަހަރު ހަމައެކަނި ހޯދަޑު އވަށަށް އަމާޒުކޮށްގެން މިކޭމްޕް ބޭއްވި ނަމަވަވެސް އަޅުގަނޑުމެންގެ އުއްމީދަކީ ދެން ފަހަރަކުން މުޅިރަށަށް ހުޅުވާލައިގެން މިކޭމްޕް ބޭއްވުން” ކަަމަށް ނާފިއާ އިތުރަށް ވިދާޅުވިއެވެ.

މިކޭމްޕަށް ތަފާތު އެކިގޮތްގޮތުން އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރު އަދާކޮށްފައި ވެއެވެ.

ހޯދަޑު އަވަށުުން ބޭއްވި ވޮލީބޯޅަ ކޭމްޕް ނިންމުމުގެ ތެރެއިން 2022 ޑިސެމްބަރު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !