ކާމިޔާބުކަމާއެކު ފުވައްމުލައް ސިޓީ ޓީޓީ ޓީމުން ގައުމީ 60 ވަނަ ޓީޓީ (ޓޭބަލް ޓެނިސް) މުބާރާތް ނިންމާލައިފިއެވެ. އެއާއެކު މާދަމާ ފެށޭނީ ގައުމީ ޓީޓީ ރޭންކިންގެ ކުރިރިޔަށް ހުރި މެޗުތަކެވެ. ރޭންކިންގެ ހޯޕްސް ބައިން ކެޑޭޓް ބަޔަށް ކޮލިފައިވި 7 ކުދިންގެ ތެރެއިން 5 ކުދިންނަކީ ފުވައްމުލައް ސިޓީ ޓީމުގެ ކުޅުންތެރިންނެވެ.
ކެޑޭޓް ބައިން ޖޫނިއާ ބައިގެ ރޭންކަށް ކޮލިފައިވާ ކުދިން އެނގިގެން ދާނީ ކުރިޔަށް ހުރި މެޗުތަކުންނެވެ. ޖޫނިއާ ކެޓަގަރީން ކޮލިފައި ވާނީ ސިނިއާ ކެޓަގަރީއަށެވެ.
އަލަށް ބައިވެރިވި ފަހަރު ފުވައްމުލައް ސިޓީ ޓީޓީ ޓީމު ވަނީ ވަރަށް ފުރިހަމަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މުބާރާތުގައި ވާދަކުރި ހުރިހާ ކުޅުންތެރިން ވެސް ވަނީ ދަށްވެގެން އެއްމެޑެލް ހާސިލުކޮށްފައެވެ. އުމުރުގެ ގޮތުން ހަނގުކަމުގައި ވީނަމަވެސް ކުޅުންތެރިން ވަނީ 17 އަހަރުން ދަށުގެ ބައިގައި ވެސް ވާދަކޮށް، ސެޓްތައް ހޯދާފައެވެ.
ގައުމީ ރޭންކިންގެ މެޗުތަކުގައި އާއި 60 ވަނަ ގައުމީ ޓީޓީ މުބާރާތުގައި ފުވައްމުލައް ސިޓީ ޓީމުން މުޅިންވެސް ވާދަކޮށްފައި ވަނީ އުމުރުން ހަނގު، ޖޫނިއާ ކުޅުންތެރިންނެވެ. ނަމަވެސް އެކުޅުންތެރިން ވަނީ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކުވައިދީ ޓީޓީ ކޯޗުންނާއި ބެލުންތެރިންގެ ލޯބި ހޯދާފައެވެ.
މުބާރާތުގައި ފުވައްމުލައް ސިޓީ ޓީމުން ވަނީ 13 އަހަރުން ދަށުގެ ބައިގެ ގިނަ ވަނަތަކެއް ހާސިލުކޮށްފައެވެ. އެއީ:
13 އަހަރުން ދަށުގެ ފިރިހެން
ޑަބަލްސް ޗެމްޕިއަން: އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފް
ޑަބަލްސް ރަނަރަޕް: މުހައްމަދު ޒާއިމް އަހްމަދު އާއި މުހައްމަދު އާން އަލީ
ސިންގަލްސް 3 ވަނަ: މުހައްމަދު އާން އަލީ
13 އަހަރުން ދަށުގެ އަންހެން
ޑަބަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒް
ޑަބަލްސް 3 ވަނަ: އައިޝަތު ނަބާހަތު އަމްޖަދު އާއި އާމިނަތު ޝަޔާން
ސިންގަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް
ސިންގަލްސް ރަނަރަޕް:އާމިނަތު ޒާޔާ އަބްދުލް އަޒީޒް
މި އުމުރުފުރާގައި މިކްސްޑް ޑަބަލް ކުޅެފައެއް ނުވެއެވެ.
މުބާރާތުގެ 17 އހަރުން ދަށުގެ ބައިގައި ވެސް ވާދަކުރީ ހަމަ ޖޫނިއާ ޓީމުގެ ކުޅުންތެރިން އިތުރު ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ. އެގޮތުން ވާދަކުރި ޖޫނިއާ ފިރިހެން ޓީމުން ވަނީ 17 އަހަރުން ދަށުގެ ޑަބަލްސްގެ ބައިން 3 ވަނަ ހޯދާފައެވެ.
17 އަހަރުން ދަށުގެ ފިރިހެން
ޑަބަލްސް 3 ވަނަ: އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފު
17 އަހަރުން ދަށުގެ އަންހެން
ޑަބަލްސް 3 ވަނަ: މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒް
13 އަހަރުން ދަށުގެ ގައުމީ ރޭންކިން – ފިރިހެން
ރޭންކް 1. މުހައްމަދު އާން އަލީ
ރޭންކް 2. ޔަޒީން ހުސައިން ޝަރީފް
ރޭންކް 3. މުހައްމަދު ޒާއިމް އަހްމަދު
13 އަހަރުން ދަށުގެ ގައުމީ ރޭންކިން – އަންހެން
ރޭންކް 2. މިޝްޔާ އަހުމަދު އާދަމް
ރޭންކް 4. އާމިނަތު ޒާޔާ އަބްދުލް އަޒީޒް
ރޭންކް 6. އައިޝަތު ނަބާހަތު އަމްޖަދު
ރޭންކް 7. އާމިނަތު ޝަޔާން
15 އަހަރުން ދަށުގެ ގައުމީ ރޭންކިން – ފިރިހެން
ރޭންކް 3. މުހައްމަދު ޒާއިމް އަހްމަދު
ރޭންކް 4. ޔަޒީން ހުސައިން ޝަރީފު
ރޭންކް 5. މުހައްމަދު އާން އަލީ
ރޭންކް 6. އައިމަން އަހުމަދު ރަޝީދު
15 އަހަރުން ދަށުގެ ގައުމީ ރޭންކިން – އަންހެން
ރޭންކް 5. މިޝްޔާ އަހުމަދު އާދަމް
ރޭންކް 8. އާމިނަތު ޒާޔާ އަބްދުލް އަޒީޒް
ރޭންކް 10. އައިޝަތު ނަބާހަތު އަމްޖަދު
ރޭންކް 12. އާމިނަތު ޝަޔާން
މުބާރާތުގައި ވާދަދަކުރީ ޖުމުލަ 8 ކުޅުންތެރިންނެވެ. އެއީ ހާފިޒު އަހުމަދު ސްކޫލުގެ 5 ދަރިވަރަކާއި އެމްޖޭއެސްގެ 2 ދަރިވަރަކާއި އެފްއެސްގެ އެއް ދަރިވަރެވެ.
ޓީޓީ ޓީމުގައި ހިމެނޭ 8 ކުޅުންތެރިންނަކީ:
އައިމަން އަހުމަދު ރަޝީދު – ހޭޒް
މުހައްމަދު ޒާއިމު އަހުމަދު – ހޭޒް
ޔަޒީން ހުސޭން ޝަރީފު – އެމްޖޭއެސް
މުހައްމަދު އާން އަލީ – އެމްޖެއެސް
ޒާޔާ އަބްދުލް އަޒީޒު – ހޭޒް
މިޝްޔާ އަހުމަދު އާދަމް – ހޭޒް
ނަބާހަތު އަމްޖަދު – ހޭޒް
އާމިނަތު ޝާޔަން – އެފްއެސް
މި މަހުގެ 25 އިން 30 ގެ ނިޔަލަށް މާލޭ ޓީޓީ ސެންޓަރުގައި ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ޖުމުލަ 65 ކުޅުންތެރިން ވާދަކުރިއެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔައީ ތިން ބަޔަކަށް، 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ.
ފުވައްމުލައ ސިޓީގައި ޓީޓީ އިންޑޯ ހޯލެއް ހުޅުވައި އިންޑިއާގެ ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީނުތައް ފެށިތާ އަދި މިވީ 6 މަސްދުވަހެވެ. މިކުރު މުއްދަތުގައި ކޯޗުންނާއި ކުޅުންތެރިން އަދި ބެލެނިވެރިންގެ ބުރަ މަސައްކަތުން ހޯދުނު މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިމުބާރާތަށް ފުވައްމުލައް ސިޓީ ޓީމުގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ.
ޚިޔާލުތައް