ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ހިންގާނެ ފަރާތްތަކެއް ހޯދަން އެ ކައުންސިލުން އިއުލާންކޮށްފިއެވެ.
މިއީ ފުވައްމުލައް ސިޓީގައި ކުޅިވަރު ދިރުވައި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ވޯކްޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ވައި.ޑީ.ޕީ ޕްރޮގްރާމް ތަކެކެވެ.

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ގެންދާ ވައިޑީޕީ ފުޓުބޯޅަ. ފޮޓޯ؛ މުހައްމަދު ހުސޭން
އެގޮތުން ވަައިޑީޕީ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކަކީ:
ބެޑްމިންޓަން
ހޭންޑް ބޯލް
ވޮލީބޯލް
ފުޓްބޯޅަ
އެތުލެޓިކްސް އެވެ.

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ކުރިޔަށް ގެންދާ ވައިޑީޕީ ފުޓުބޯޅަ. ފޮޓޯ؛ މުހައްމަދު ހުސޭން
ސިޓީ ކައުންސިލާއި ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް، ފުރިހަމަކޮށް 12 މާރިޗް 2023 ގެ ކުރިން ފޮނުވުމަށް އެދިފައި ވެއެވެ.
މިހާރުވެސް ފުވައްމުލައް ސިޓީގައި އަމިއްލަ ފަރާތްތަކުންނާއި ބައެއް ކްލަބުތަކުން ވައިޑީޕީ ޕްރޮގްރާމު ކުރިޔަށް ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަން މާ އެދެވޭގޮތެއްގައި ކުރިޔަށް ދާކަމަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ.

ގައުމީ 60 ވަނަ ޓީޓީ މުބާރާތުގައި ފުވައްމުލައް ސިޓީގެ ޓީމުން 13 ޖޫނިއާ ބައިން ފާޚުރުވެރި ކާމިޔާބީތަކެއް ހޯދި.
ފުވައްމުލައް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ފާއިތުވި 2022 ވަނަ އަހަރު ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައި ވައިޑީޕީ ޓީޓީ ޕްރޮގްރާމެއް ފަށާފައި ވެއެވެ. އަދި ފުރަތަމަ 6 މަސް ދުވަހުގެ ތަމްރީނުތަކުން އެޓީމުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. މާލޭގައި ބާއްވާ ގައުމީ ރޭންކިންގައި ވާދަކޮށް އުމުރުފުރާތަކުން ވަނަތައް ހާސިލުކޮށްފައި ވެއެވެ. ނަމަވެސް ވައިޑީޕީ ޓީޓީ ޕްރޮގަރާމުގެ ކޯޗާއި މެދު މައްސަލަތަކެއް ޖެހި އެޕްރޮގުރާމުގެ ޓްރެއިނިން މިހާރު ވަނީ މެދުކަނޑާލާައެވެ.
ޚިޔާލުތައް