ފުވައްމުލައް ސިޓީ ކައުންސިލުން 4 ވަނަ ދައުރުގެ 2 ވަނަ އާއްމު ބައްދަލުވުން ތާވަލްކޮށް އެކަން އިއްޔެ (13 ޖުލައި 2021) ގައި އިއުލާން ކޮށްފިއެވެ.
މި ޖުލައި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 އަށް ތާވަލް ކުރެވިފައިވާ މިބައްދަލުވުމަކީ ކުރިޔަށް އޮތް އަހަރަށް ސިޓީ ކައުންސިލްގެ މަސައްކަތްތައް ރޭވުމަށާއި އަހަރި ބަޖެޓް އެކުލަވާލުމައްޓަކައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއްކެވެ.
މިދުވަސްވަރު ފުވައްމުލައް ސިޓީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތުމުން މިބައްދަލވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ޒޫމް ޕްލެޓްފޯމްގައެވެ. އަދި ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްއިން މިބައްދަލުވުން ލައިވް ކުރާނަކަމަށް ހާމަކޮށްފައި ވެއެވެ.

ސިޓީ ކައުންސިލްގެ އިއުލާން
+1
+1
ޚިޔާލުތައް