A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި އައުޓްޑޯ ޖިމްއެއް ހަދަނީ

ދިގުވާނޑު ކައުންސިލުން ހަދާފައިވާ އައުޓްޑޯ ޖިމް. 2016

ފުވައްމުލައް ސިޓީ ގައި އައުޓްޑޯ ޖިމް އެއްހަދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބަޔަކާއި އިއްޔެ ހަވާލުކޮށްފިއެވެ.

ބޭރުގައި ކަސްރަތުކުރެވޭ ޖިމް ސާމާނު ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކުގެ ކޮން ސަރަހައްދަކު ކަން ރަސްމީކޮށް އެނގޭގޮތް ވަނީ ނުވެފައެވެ. ނަމަވެސް މިއަހަރު ޖޫން މަހުގެ ތެރޭގައި ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ސްޓޭޑިއަމް) އަށް އައުޓުޑޯ ޖިމްއެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ޔޫތު މިނިސްޓަ އަހުމަދު މަހުލޫފު ވިދާޅުވެފައި ވެއެވެ.

ޔޫތު މިނިސްޓްރިގައި ބޭއްވި އައުޓްޑޯ ޖިމް ސާމާނު ގެ އެއްބަސްވުމުގައި ސޮއިކުރުން

އައުޓްޑޯ ޖިމް އެއް ހޯއްދަވައި ދެއްވާނެކަމަށް މިނިސްޓަ މަހުލޫފު ވިދާޅުވީ ފޭސްބުކް މެދުވެރިކޮށް އިސިސް-ފުވައްމުލައް އެދިފައިވާ ބައެއް ކަންކަމަށް ޖަވާބު ދެއްވަމުން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އިސިސް ގެ ރިކުއެސްޓްގައި އެދިފައި ވަނީ ކޮންމެ ދުވަހަކުވެސް އެތައްބަޔަކު ފުވައްމުލަކު ސްޓޭޑިއަމްގެ ޓްރެކް ދަނޑަށް (މައިލޯ ސްޓޭޑިއަމް) ދުވަން ދާކަަމަށާއި ނަމަވެސް ޓްރެކް ހަލާކުވެފައި އޮތުމުގެ ސަބަބުން ގިނަ ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ. އަދި ވަސީލަތްތައް ގާއިމުކުރެވިފައި ނެތުމުގެ ސަބަބުން ކަސްރަތު ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން ފުވައްމުލަކު ސްޓޭޑިއަމް އަށް އައުޓުޑޯ ޖިމްއެއް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށެވެ.

ފުވައްމުލަކު ސްޓެޑިއަމްގައި ކަސްރަތަށް ގޮސްތިބި މީހުން. ފޮޓޯ އިސިސް

މީގެ ކުރިން ފުވައްމުލަކު ދިގުވާޑުގައި އައުޓްޑޯ ޖިމް އެއްހަދައި ބޭރުގައި ކަސްރަތުކުރެވޭ ގޮތަށް ކުރީގެ ދިގުވާނޑު ކައުސިލުން ވަނީ ހަދާފައެވެ. ދިގުވާދް އައުޓްޑޯ ޖިމް ހަދާފައިވަނީ ދިގުވާޑު ކުޑަކުދިންގެ ޕާކް ސަރަހައްދުގައެވެ.

ޔޫތު މިނިސްޓްރީން އައުޓްޑޯ ޖިމް ހަދަން ހަވާލުކުރީ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. މިމަސައްކަތަށް ދެފަރާތުން އެއްބަސްވެ ސޮއިކޮށްފައިވަނީ  އިއްޔެ، 23 ނޮވެމްބަރު 2020 ވަނަ ދުވަހުއެވެ. މިމަސައްކަތުގެ ދަށުން އެ ކުންފުނީން އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު ސްޓޭޑިއަމުގައި ހަދާފައިވާ ކަސްރަތުކުރާނެ ބެންޗުތައް

ޔޫތު މިނިސްޓްރީގެ މިޕްރޮޖެކްޓްގެ ދަށުން 4.422 މިލިޔަން ރުފިޔާ އަށް ޖުމްލަ 29 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ހަމަޖެހިފައިވެއެވެ. ވުމާއެކު ކޮންމެ ރަށަކަށް ގާތްގަޑަކަށް 1 ލައްކަ 50 ހާހެއް ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެއްގެ ތަކެއްޗާއި މަސައްކަތުގެ އަގެވެ. އެގޮތުން އައުތްޑޯ ޖިމް ސާމާނު ބަހައްޓާ ރަސްރަށުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ރަށަކާޢި (މަރަދުއާއި، މަރަދޫ-ފޭދޫ އަދި ހިތަދޫގައި) އާއި ގދ.ގެ 3 ރަށަކާއި (ތިނަދޫ، ގައދު އާއި ހޯޑެއްދޫ) ގއ. އިން 4 ރަށެއް (ކޮލަމާފުށި ކަންޑުހުޅުދޫ، ކޮނޑޭ އަދި ދާންދޫ) ހިމެނެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !