A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލަށް ލަފާދޭ ބޯޑެއް އުފައްދަނީ

ފުވައްމުލައް ސިޓީ ކައުންސިލް - 4 ވަނަ ދައުރުގެ މެމްބ

ފުވައްމުލައް ސިޓީ ކައުންސިލަށް ލަފާދޭ ބޯޑެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް މޭޔަރު އިސްމާއީލު ރަފީޤު ހާމަކުރައްވައިފިއެވެ.

މިއީ ސިޓީ ކައުންސިލް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އުފައްދާ ބޯޑެއް ކަމަށް މޭޔަރު ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ހާމަކުރައްވާފައި ވެއެވެ. މޭޔަރު މިކަން ހާމަކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކަންކަން ސިއްރުކޮށްގެން ކުރިޔަށް ގެންދިއުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށް ދެއްވުމުގެ ގޮތުންކަމަށް ވިދާޅުވެފައި ވެއެވެ.

މި ބޯޑު އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންގެ ބައިވެރިވުން އިތިރުކޮށް، ރައްޔިތުންގެ ތެރެއިން ލަފާދޭ ހޯދުމަށް ކަމަށް މޭޔަރު ހާމަކުރައްވައެވެ. ނަމަވެސް މިބޯޑު އެކުލަވާލާނެ ގޮތުގައި ތަފުސީލް އަދި ސިޓީ ކައުންސިލުން ހާމަކޮށްފަައެއް ނުވެއެވެ.

މީގެ ިއތުރުން ސިޓީ ކައުންސިލްގެ ކޮމެޓީތައް އުފެއްދުމުގެ މަޝްވަރާ ވެސް ކުރިޔަށް އެބަ ދާކަމަށާއި ރައްޔިތުންނަށް ކަންކަން ސާފުކޮށްދިނުމުގެ ގޮތުން ގަވާއިދެން ނޫސް ކޮންފަރެންސް ބާއްވަައި މައުލޫމާތު ހިއްސާ ކުރައްވަމުން ދާނެކަމަށް ވެސް ވިދާޅުވއެވެ.

ފުވައްމްުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން 2021
“މިކައުންސިލް ވެގެން އެންނޭ ރައްޔިތުންނާ ގުޅީގެން މަސައްކައް ކެރާ ކައުންސިލަކަހަ. ރައްޔިތުންގެ އުންމީދުތެއް ހާސިލްކޯދެންނަ މަސައްކައްކެރާ ކައުންސިލަކަހަ’ މޭޔަރު އިސްމާއީލު ބުނެފައި ވެއެވެ.

ކުރިޔަށް ހުރި ދުވަސްތަކުގައި ކަންތައްތައް ރަންގަޅުވެ، ހަމަ މަގަހަ އެޅެމުންދަނެކަމުގެ ޔަގީންކަން ހުރިހާ ކައުންސިލަރުންގެ ފަރާތުން މޭޔާ ދެއްވާ ކަމަށް ވެސް ހާމަކުރައްވާފައި ވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !