A wide advertisement which will be shown on all devices. (700 x 100)

ނޭޗާ ޕާކްގެ އިމާރާތާއި ބޯޑްވޯކް މަރާމާތު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފި

ނެޗާޕާކްގެ މަރާމަތު މަސައްކަތަށް ބީލަމުގެ ދ

ފުވައްމުލައް ސިޓީ ނޭޗާ ޕާކްގެ އިމާރާތާއި ބޯޑްވޯކް މަރާމާތު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެގޮތުން ފުވައްމުލައ ސިޓީ ނޭޗާޕާކްގައި ހިމެނޭ ދަޑިމަގު ކިޅިގައި ހުރި އިމާރާތާއި ހޯދަޑު-ދިގުވާޑުން އޮތް މަގާއި ގުޅިގެން ހަދާފައިވާ ބޯޑުވޯކާއި މާލެގަމާއި ފުނާޑު ގުޅޭ މަގުގައި ހާދާފައިވާ ބޯޑުވޯކްގެ މަރާމާތު މަސައްކަތް ކުރާން ޖެހެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސިޓީކައުންސިލަށް މައުލޫމާތު ހުށަހަޅައި ރަޖސިްޓްރީ ވާން ޖެހެއެވެ.  މިކަމަށް ކަނޑައަޅާފައިވާ މުއްދަތަކި 30 ނޮވެނމްބަރު އިން 6 ޑިސެމްބަރު 2021 ގެ ނިޔަލަށެވެ. ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ފޯނު ނަމްބަރު އަދި އީމެއލް އެޑްރެސް ފޮނުވަން ޖެހެއެވެ.

މިމަސައްކަތާއި ގުޅެ ތަފުސީލު މައުލޫމާތު، މިއަދު، 1 ޑިސެމްބަރު އިން 6 ޑިސެމްބަރަށް ބީލަމުަގއި ރަޖސިްތްރީ ކުރާ ފަރާތްތަކަށް ސޮފްޓްކޮޕީގެ ގޮތުގައި  ފޯރުކޮށްދޭނެކަމަށް ސިޓި ބިޑްގެ މައުލުމާތުތަކުގައި ވެއެވެ. މި މަސައްކަތްކަށް ބިޑް ކުރެވެނީ ހަމައެކަނި ޝަރުތުހަމަވާ ފަރާތްތަކަށެވެ.

ބީލމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް 7 ޑިސެމްބަރު 2021ގެ މެނެދުރު 12:00ގެ ކުރިން އީމެއިލް ކުރުމުން އެދުވަހުގެ 14:00 ގެ ކުރިން ޖަވާބު ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

މި ބީލަން ހުށަހެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 8 ދިސެމްބަރު 2021 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ސިޓީ ކައުންސިލްގެ މީޓިން ރޫމުގައެވެ.

 

ފުވައްމު

ނޭޗާޕާކްގައި މަރާމަތު ކުރަން ޖެހޭ ތަނެއް

ލައް ސިޓިަގއި ހަދާފައިވާ ބޯޑްވޯކް ހަލާކުވުމާއި އަދި ބައެއްފަހަރު އެތަންތަނަށް ގެއްލުންދޭ މަދު ބަޔަކު ނަމަވެސް އުޅެއެވެ. އެފަދަ ގޮތްގޮތުން ހަލޫމުވެ މަރާމާތުކުރަން ޖެހިފައިވާ ތަންތަނުގެ ފޮޓޯތައް ބައެއް ފަރާތްތަކުްނ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ވެސް އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !