A wide advertisement which will be shown on all devices. (700 x 100)

ނޭޗާ ޕާކްގެ އިމާރާތާއި ބޯޑްވޯކް މަރާމާތު ކުރުމުގެ މަސައްކަތަށް އަލުން ބީލަމަށް ހުޅުވާލައިފި

ބޯޑްވޯކް މަރާމާތު ކުރުމުގެ

ފުވައްމުލައް ސިޓީ ނޭޗާ ޕާކްގެ އިމާރާތާއި ބޯޑްވޯކް މަރާމާތު ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ދެވަނަ ފަހަރާ ހުޅުވާލައިފިއެވެ. މިބީލަމަށް ކުރިމަތިލެވެނީ އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ހިމެނެނީ ފުވައްމުލައް ސިޓީ ނޭޗާޕާކްގައި ހިމެނޭ ދަޑިމަގު ކިޅީގައި ހުރި އިމާރާތާއި ހޯދަޑު-ދިގުވާޑުން އޮތް މަގާއި ގުޅުވައިގެން ހަދާފައިވާ ބޯޑުވޯކާއި މާލެގަމާއި ފުނާޑު ގުޅޭ މަގާއި ގުޅުވައިގެން ހާދާފައިވާ ބޯޑުވޯކްގެ މަރާމާތު މަސައްކަތް ތަކެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފުވައްމުލައް ސިޓީ ކައުންސިލަށް މައުލޫމާތު ހުށަހަޅައި ރަޖިސްޓްރީ ވާން ޖެހެއެވެ. ބީލަމަށ ްރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 16 ޑިސެމްބަރު އިން 26 ޑިސެމްބަރު 2021 ގެ ނިޔަލަށް، 10 ދުވަހުގެ މުއްދަތެވެ. ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ފޯނު ނަމްބަރު އަދި އީމެއިލް އެޑްރެސް ފޮނުވަން ޖެހެއެވެ.

މިބީލަމުގެ މަސައްކަތާއި ގުޅޭ ތަފުސީލު މައުލޫމާތު، މިއަދު، 19 ޑިސެމްބަރު 2021 ދުވހުގެ  ހެނދުނު 9:00ގެ ފަހުން ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ،ސޮފްޓްކޮޕީގެ ގޮތުގައި ފޯރުކޮށް ދޭނެކަމަށް ބިޑްގެ މައުލޫމާތުތަކުގައި ވެއެވެ.

ބީލމާއި ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް 26 ޑިސެމްބަރު 2021ގެ ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އީމެއިލް ކުރުމުން އެދުވަހުގެ 14:00 ގެ ކުރިން ޖަވާބު ލިބޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.

މި ބީލަން ހުށަހެޅުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 29 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި ސިޓީ ކައުންސިލްގެ މީޓިން ރޫމުގައެވެ.

މީގެ ކުރިން މިބީލަން ހުޅުވާލުމަށް ކުރި އިއުލާން ވަނީ ބާތިލުކޮށްފައެއެވެ.

މީގެ އިތުރުުން ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ދެ ބީލަމެއް ހުޅުވާލާފައި ވެއެވެ. އެއީ ފުވައްމުލައް ސިޓީ އިންޑޯ ބެޑްމިންޓަން ކޯޓް ފޭސް 2، ފިނިޝަނިން މަސައްކަތކުގެ ބީލަމެވެ. މިބީލަން ހުށަހަޅަން ޖެހެނީ 27 ޑިސެމްބަރު 2021 ވާ ހޯ މަދުވަހު ހެނދުނު 10:00 ގައި ކައުންސިލްގެ އިދާރާގެ އިދާރާގެ މީޓިން ރޫމުގައެވެ.

ދެން ހުޅުވާލާފައިވަނީ ސާފު ޝެކް ތަރައްގީކުރުކުރުމުގެ މަސައްކަތުގެ ބީލެމެވެ. މި ބީލަން ހުށަހަޅަން ޖެހެނީ 26 ޑިސެމްބަރު 2021 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި ކައުންސިލްގެ އިދާރާގެ މީޓިން ރޫމުގައެވެ.

ނޭޗާޕާކްގައި މަރާމަތު ކުރަން ޖެހޭ ތަނެއް

ފުވައްމުލައް ސިޓިަގއި ހަދާފައިވާ ބޯޑްވޯކް ހަލާކުވުމާއި އަދި ބައެއްފަހަރު އެތަންތަނަށް ގެއްލުންދޭ މަދު ބަޔަކު ނަމަވެސް އުޅެއެވެ. އެފަދަ ގޮތްގޮތުން ހަލޫމުވެ މަރާމާތުކުރަން ޖެހިފައިވާ ތަންތަނުގެ ފޮޓޯތައް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ވެސް އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !