A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި 2

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން 2023

ފުވައްމުލައް ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ފާއިތުވި ފެބުރުއަރީ މަހު 26 ވަނަ ދުވަހުގެ ރޭ ކުރުނދުމާ މާލަމުގައެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ އެއް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ ގިނަ މުވައްޒަފުންނާއި އާއްމުންގެ މީހުންވެސް ބައިވެރިވެފައި ވެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި މޭޔަރު އިސްމާއިލު ރަފީގު ވަނީ ޖަލްސާގެ އެޖެންޑާ އިއްވާދެއްވައި މިއަހަރު ސިޓީ ކައުންސިލުން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވާފައެވެ.

ނިމުނު 2022 ވަނަ އަހަރުގެ ސިޓީ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް އިއްވާ ދެއްވީ ސިޓީ ކައުންސިލގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އެވެ. އަދި 2022 ވަނަ އަހަރުގެ ސިޓީ ކައުންސިލްގެ މާލީ ބަޔާން ހުށަހަޅާދެއްވީ ޑިރެކްޓާ ހުސެއިން ނާސިހު އެވެ.

މި ޚަބަރުގެ ކުރީބައި ފައިތުވި ފެބުރުއަރީ 26 ވަނަ ދުވަހު ވާނީ ޝާއިއުކޮށްފައެވެ. މިބައިގައި ގެނެސްދެނީ ސިޓީ ކައުންސިލުން ފާއިތުވި 2022 ވަނަ އަހަރު ކޮށްފައިވާ ބައެއް ކަންތަކެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން 2023

2022 ވަނަ އަހަރުގެ ސިޓީ ކައުންސިލްގެ ހަރަކާތްތައް 2

ނިޔަމިކަމުގެ ސެޓްފިކެޓް 2ގެ ކޯހެއް އެމްއެންޑީއެފްއާއި ގުޅިގެން ހިންގާފައިވޭ.

ފުވައްމުލަކު އިރުމަތީ ފަރާތު އޮއިވާލި ކަނދުފަތި ކަނޑައިގެން ދިއުމުން އަލުން، އިރުން 10 މޭލު ބޭރުގައި ކަނދުފަތި އަޅާފައިވޭ.

އެގްރޯ ނެޓަށް ބިންދީގެން ސްޓޯރޭޖެ އިމްރާތެއް އަޅަފައިވޭ.

ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ ލެބޯރަޓަރީއެއް ގާއިމުކޮށްފައި ވޭ. އެގޮތުން ޓާރޯ ލީފްބްލައިޓް ރެސިސްޓެންޓް އަލައިގެ މުޑުވަކެއް ކެންޔާއިން ގެނެސް ފުވައްމުލަކުގެ ދަނޑުވެރިންނަށް ބަހައި އަޖުމަބެލުމުގެ މަސައްކަތް ކުރިޔަށް އެބަ ދޭ.

ފުވައްމުލައް ސިޓީގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައިވޭ.

ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވުމަށް ސަޕޯޓް ޑެސްކެއް ގާއިމުކޮށްފައިވޭ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ގައުމީ ފެންވަރެއްގައި 2022 ވަނަ އަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދިއުން.

ބައިނަލް އަގުވާމީ އުމުރުން ދުވަސްވީ މީހުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެދިއުން. ތްރީ ޖެނެރޭޝަން ހިންގާލުން ބޭއްވުން.

ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ހަފުލާތައް ސްކޫލްތަކުގައި ބޭއްވުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން އާއިލީ ހަވީރެއް ބޭއްވުން. ސްކޫލް ދަރިވަރުންގެ ސްޓޭޖް ހަރަކާތް ކުރިޔަށް ގެންދިއުން.

ޝަހީދުންގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުން- ސްކޫލް ކުދިންގެ ކުރެހުމުގެ މުބާރާތަކާއި ސުވާލު މުބާރާތެއް ބޭއްވުން.

ވޯލްޑް ކްލީންއަޕް ޑޭ ފާހަގަ ކުރުމާއި ނަސްރުގެ ދުވަސް ފާހަގަ ކުރުން ހިމެނޭ.

ފުވައްމުލަކުގެ ޓުވަރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން – ފުވައްމުލައް ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމެއް ގާއިމުކުރުން، ސިޓީގެ އެކި ސަރަހައްދުތަކުގައި މޮނިއުމެންޓް ބެހެއްޓުން، ކަނޑައެޅޭ ފާރުތަކެއްގައި ގްރެފިޓީ ކުރެހުން.

ކާބަން ނިއުޓްރަލް ސިޓީއަކަށް ހެދުމަށް، އޮފީސްތަކާއި މިސްކިތްތަކުގައި ސޯލާ ހަކަތަ ބޭނުންކުރުމަށް ފީޒިބިލިޓީ ސްޓަޑީއެއް ހެދުން. ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ސަންލައިން ސޯލާ ސްޓޯމް އިން މިޕްރޮޖެޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ވޭ.- މިޕްރޮޖެޓްގެ ތެރެއިން އުފައްދާ ހަކަތަ އަގުހެޔޮކށް ގަތުމުގެ މަޝްވަރާ ކުރިޔަށް އެބަދޭ.

ސްމާޓް ސިޓީއަކަށް ހެދުމުގެ ދަށުން ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސަކްތް ކުރިޔަށް އެބަދޭ.- އޯއެސް ނަމުގައި ޕޯޓަލް އެއް ޑިޒައިން ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. އަދި މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމެއް ވެސް ގާއިމުކުރެވެމުން އެބަދޭ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން 2023

ކެޕްލާގެ ޚިދުމަތް ފެށިފައިވޭ. އަދި ސިޓީ ކައުންސިލްގެ ކޯލް ސެންޓަރަކާއި ފްރޮންޓް އޮފީސް ގާއިމު ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ.

އެންސީއައިޓީއާއި ގުޅިގެން ކުރުމުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިފައިވޭ.

ސިޓީ ކައުންސިލުން ދޭ ޚިދުމަތްތައް ފަސޭހައިން ލިބިދިނުމަށް ކައުންސިލްގެ ވެބްސައިޓް ލޯންޗް ކޮށްފައިވޭ.

މަގުހެދުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ- ބައެއް މަގުތައް ފުޅާ ކުރުމާއި މަގުތައް ސީދާކުރުމާއި ޕާކިން ޒޯންތައް ހެދުން އަދި އެކަމާއި ގުޅުން ހުރި ކަނތައްތައް ކޮށްފައިވޭ.

ބަނދަރު މިސްކިތުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދޭ – 11.9 މިލިޔަން ރުފިޔާ، 500 މީހުންގެ ޖާގައިގެ މިސްކިތެއް.

އެފްއެސްގެ އަދި އެމްޖޭއެސްގެ އާ އިމާރާތް – އިނޯކާ ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން، – ފުވައްމުލަކު ސްކޫލްގެ މަލްޓިޕާޕަސް ހޯލު، އެމްޖޭއެސް 16 ކްލާސް ރޫމާއި ލެބް. އަދި ޏ.އޭއީސީގައި 12 ކްލާސްރޫމު އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދޭ.

ފުވައްމުލަކުގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރެއް ގާއިމުކުރުން 2021 އިން ފެށިގެން ކުރިޔަށް އެބަދޭ.- އެކޮމޮޑޭޝަން ބްލަކާއި- ސެންޓަރު – އިޕޮކް އެސޯސިއޭޓް އާއި ހަވާލުކޮށްގެން.

ފުވައްމުލަކު ގްރުއާނާއި ބޭހޭ މަރުކަޒު 2022 އިން ފެށިގެން ކުރިޔަށް އެބަދޭ. -12 މިލިޔަން ރުފިޔާއަށް 4 ފަންގިފިލާއަށް، 30 މީހުންގެ ޖާގައިގެ ނަމާދު ކުރާ ބަޔަކާއި އެކު، އޯޑިޓޯރިއަމެއް، މީޓިން ރޫމެއް، ކިލާސް ކޮޓަރި، އަދި ލައިބްރަރީ އަކާއި އެކު.

އެމްއެން ޔޫގެ އައިސީޓީ ފެކަލްޓީއެއް ގާއިމު ކުރުމަށްޓަކައި 35000 އަކަފުޓުގެ ބިމެއް ދޫކޮށްފައިވޭ.

މަސްޖިދުލް ހުދާ އިމާރާތް ކުރުމުގެ މަސައްކަތް 2021 އޮކްޓޯބަރުން ފެށިގެން ކުރިޔަށް އެބަދޭ- 8.7 މިލިޔަން ރުފިޔާ، 450 މިހުނެގ ޖާގައިގެ މިސްކިތެއް.

ފުވައްމުލަކު ރިވެޓްމެންޓް ޕްރޮޖެޓްގައި ސޮއިކުރެވި، 2021 ގައި ހޯގާޑާއި ބިން ހަވާލުކުރެވި، 2022ގައި އަމަލީ މަސައްކަތް ފެށިފައިވޭ- ރަށުގެ އިރު އުތުރު ފަރާތުން 2.65 ކިލޯމީޓަރުގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވޭ. 300 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް.

އެތެރޭގެ މަގުހެދުމުގެ ޕްރޮޖެކްޓެގެ ދަށުން 37 މަގެއް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިޔަށް އެބަދޭ. އަދި އިތުރު 10 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ރޭވިފައިވޭ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން 2023

ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ނިމިގެ ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްފައިވޭ – 4 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް.

ދިގުވާނޑު އަވަށު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިޔަށް އެބަދޭ- އޭއައިޖީ އިންވެސްޓްމެންޓް އާއި ހަވާލުކުރެވިގެން، 120 ދުވަހުގެ ތެރޭގައި ނިންމުމަށް.

ދޫނޑިގަމު ފުޓުބޯޅަ ދަނޑުގައި ޓާފު އެޅުމުގެ މަސަައްކަތް ވަކި ހިސާބަކުން ހުއްޓިފައި ވުމުން ބާކީހުރި މަސަކަތް އަލުން ބީލަމަށް ހުޅުވާލާފައިވޭ.

ސްކޭޓް ޕާކެއް ހެދުމަށް ވަރަށް އަވަހަށް ޔޫތު މިނިސްޓްރީއިން އިއުލާން ކުރެވޭނެ.

ސާފު ޝެކްގެ އަމަލީ މަސައްކަތް ނިމި މިއަހަރުގެ ތެރޭގައި އެތަނުން ބޭނުންކުރެވެން ފަށާނެ.

ރަށުން ވަޒީފާއަށް މޯލްޑިވިއަންގެ ކޯލް ސެންޓަރެއް ކުރީގެ މީޑިއާ ސެންޓަރުގައި ހުޅުވުން – 13 މުވައްޒަފުން

ކަނދުވަލި ދަނޑުގައި ރަނގަޅު ފެންވަރެއްގެ ވޮލީކޯޓެއް އެޅުމުގެ މަސައްކަތް ވަނީ ނިމިފައި.

ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ތަފާތު ދާއިރާ ތަކުން 6 ކޮމެޓީއެއް އެކުލަވާލާއި ވޭ.

 

ފާއިތުވި 2022 ވަނަ އަހަރުގެ ފުވައްމުލައް ސިޓީ ކައުންސިލުން ފާސްކުރެވިފައި ވަނީ 113.6 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !