A wide advertisement which will be shown on all devices. (700 x 100)

މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި 21 ސުކޫލަކުން ބައިވެރިވޭ

ފުވައްމުލައް ސިޓީ ސްކޫލަތަކުގެ ދަރިވަރުން އެތުލެޓިކްސް މުބާރާތަށް ތައްޔާރުވަނ

މި މާރޗު މަހު 24-28 އަށް ފުވައްމުލަކު ސްޓޭޑިއަމްގައި ބާއްވާ 12 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި 21 ސުކޫލަކުންނާއި 11 ކްލަބަކުން ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެވެ.

މި މުބާރާތުގައި ފުވައްމުލަކުގެ ހުރިހާ ސްކޫލަކުން ބައިވެރިވެއެވެ. އެގޮތުން ފުވައްމުލަކު ސްކޫލް، (އެފްއެސް)، ހާފިޒު އަޙުމަދު ސްކޫލް (ހޭޒް)، ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އަދި މުހައްމަދު ޖަމާލުއްދީން ސްކޫލް(އެމްޖޭއެސް) ހިމެނެއެވެ. މިސްކޫލަތަކަކީ ފާއިތުވި އަހަރުތަކުގައި މި މުބާރާތުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ސްކޫލްތަކެކެވެ. މިސްކޫލްތަކުގެ އިތުުރުން ފުވައްމުލަކުގައި ހިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ވެސް މި މުބާރާތުގައި ބައިވެރިވެއެވެ.

ފުވައްމުލައް ސިޓީ އިތުރުން އައްޑޫ ސިޓީގެ ހުރިހާ ސްކޫލަކުން ހެން ބައިވެރިވެފައި ވެއެވެ. އެގޮތުން އައްޑު ސިޓީން ބައިވެރިވެފައި ވަނީ:

އައްޑޫ ހައިސްކޫލް، ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، މަރަދޫ-ފޭދޫ ސްކޫލް، މަރަދޫ ސްކޫލް، ކެންގަރޫ ކިޑްސް އަދި ޝަރަފުއްދީން ސްކޫލް ހިމެނެއެވެ.

މީގެ އިތުރުން ގއ. ދާންދޫ ސްކޫލާއި، ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) އާއި ލ.އަތޮޅު ސްކޫލާއި، ރ. މަޑުއްވަރީ ސްކޫލާއި، ހދ. މަކުނުދޫ ސްކޫލް ހިމެނެއެވެ.

މާލޭގެ، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލާއި، ބިލަބޮން އިންޓަރނޭޝަނަލް ހައިސްކޫލް ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ކްލަބުތަކަށް ބަލާއިރު ގިނައީ މާލޭގައި ހިންގާ އެތުލެޓިކްސް އެކަޑަމީ ތަކެވެ. ރޭސާރސް، ކްލަބު މުގޫ ސްޕޯރޓްސް، ކްލަބު ކާމް ސްޕޯރޓްސް، ކްލަބު ރާވެރިޔާ، ކުޑަހުސޭން ސްޕޯރޓްސް އެސޯސިއޭޝަން، ކީ ސްޕޯރޓްސް އެކަޑެމީ، ސާއިދު ސްޕޯރޓްސް، ދަ ބްލެކް މާލިން، ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން، ރައުހަތު ސްޕޯރޓްސް އާއި ޖީއެން ވޮލަންޓިއަރސް ހިމެނެއެވެ.

އެތުލެޓިކްސް މުބާރާތަށް ދަނދު ތައްޔާރުކުރުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން

މިމުބާރާތަށް ފުވައްމުލަކު ސްޓޭޑިއަމް ތައްޔަރުކުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިޔަށް ގެންދާއިރު ފުވައްމުލަކު ސްކޫލްތަކުން މުބާރާތަށް ފަރިތަކުރުންތައް ކުރިޔަށް ގެންދާތަން ފެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !