A wide advertisement which will be shown on all devices. (700 x 100)

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަން މާދަމާ ފަށަނީ

ފިތުރު ޒަކާތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެއް

މިއަހަރުގެ ފިތުރު ޒަކާތް މާދަމާ، 2 ރަމަޟާން 1440، 7 މެއި 2019 އިން ފެށިގެން ބަލައިގަންނަ ފާށާނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. އީދު ދުވަހު ކާނެ މިންވަރަށް ކާއިއެއްޗެހި ހުރިނަމަ ފިތުރު ޒަކާތް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރު 12:00 އަށް ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ މުނިސިޕަލް ސާވިސް ދޭ 3 މަރުކަޒުންނެވެ. އުތުރު ދާއިރާއިން ދަޑިމަގުގައި، މެދު ދާއިރާއިން މާދަޑުގައި އަދި ދެކުނު ދާއިރާއިން ދޫނޑިގަމުގައި ހުންނަ މި މަރުކަޒުތަކުން ކޮންމެ ދާއިރާއެއްގެ  މީހުންގެ ޒަކާތް ބަލއިގެންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކުރިން ހައުސިން މިނިސްޓރީގެ ދަށުން ހިންގަމުން އައި މުނިސިޕަލް ޚިދުމަތްދޭ މަރުކަޒުތައް މިހާރު ވަނީ ސިޓީ ކައުނސިލްގެ ދަށަށް ބަދަލުކުރެވިފައެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ފިތުރު ޒަކާތް ދައްކަން ޖެހެނީ އަހަރުތެރޭގައި އެމީހަކު އާއްމުކޮށް ގޮވާމުން ކެއުމަށް ބޭނުންކުރާ ފެންވަރެއްގެ ގޮވާމުންނެވެ. ނުވަތ އެފެންވަރުގެ ގޮވާމަށް ވާ ފައިސާއިންނެވެ.  ފައިސާއިން ފިތުރު ޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ވަކިލާރީގެ ކަންތައްތައް ހަމަޖައްސަވައިގެން ވަޑައިގަތުމަށް ސިޓިީ ކައުންސިލުން ވަނީ އެދިވަޑައިގަންފައެވެ.

މިއަހަރު ފިތުރު ޒަކާތް ފައިސާއިން ދައްކަންޖެހޭ މިންވަރަކީ:

  • އާދައިގެ ހަނޑުލުން މީހަކަށް 12:00 ރުފިޔާ
  • ތައިވައިޓް ރައީސް  މީހަކަށް 44:00 ރުފިޔާ
  • ބާސްމަތީ ހަނޑުލުން މީހަކަށް 80:00 ރުފިޔާ
  • ރަށް ހަނޑުލުން މީހަކަށް  63:00 ރުފިޔާ
  • އާދައިގެ ފުށުން މީހަކަށް 10:00 ރުފިޔާ
  • އާޓާ ފުށުން މީހަކަށް 53:00 ރުފިޔާ

މާދަމާއިން ފެށިގެން ރަމަޟާން މަހު 28، (2 ޖޫން ) އާއި ހަމަޔަށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށް އިއުލާންކޮށްފައެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަހުގެ އަޅުކަން މިމުމުގެ އުފަލުގައި ނިކަމެތިންނަށް ކޮންމެ މީހެއްގެ މުދަލުން ހަދިޔާ ކުރާ ކުޑަ މިންވަރެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !