A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލުން ކުރި ޚަރަދަށްވުރެ އިތުރަށް 1.47 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު

ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދ

ނިމިދިޔަ ސެޕްޓެމްބަރު މަހާއި އޮކުޓޫބަރުގެ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި ޚަރަދަށްވުރެ 1.47 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް އެކަލުންސިލަށް ލިބުނެވެ. ފުވައްމުލަކުގެ ތަރައްގީގެ ޕްލޭނަށް އަމަލީ ސިފަ އައިސްފައިވާ ގޮތުގެ ރިޕޯޓުގެ ގޮތުގައި މިމަހު 25 ވަނަ ދުވަހު އެކައުންސިލުން އާންމު ކުރި ރިޕޯޓުގައިވާ ގޮތުން އެކައުންސިލަށް ފާއިތުވީ ސެޕްޓެމްބަރު، އޮކްޓޫބަރު މަހު އާމްދަނީ ގެ ގޮތުގައި ލިބިފައިވަނީ 3.548 މިލިއަން ރުފިޔާއެވެ. އަދި ޚަރަދުގެ ގޮތުގައި ހިމަނާފައިވަނީ 2.071 މިލިއަން ރުފިޔާއެވެ.

ފުވައްމުލަކުގެ ތަރައްގީއަށް 80 އަށްވުރެ ގިނަ ކަންތައްތައް ފާއިތުވީ ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު ކުރެވިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ، އެރިޕޯޓުގައިވާ ގޮތުން އެދެމަހު 40 ގޯއްޗެއްގެ ރަޖިސްޓްރީ ދޫކޮށް 39 އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކޮށްފައިވެއެވެ. މީގެ އިތުރުން، މާސްޓާސް ފެންވަރަށް ކިޔެވުމަށް 9 ފަރާތަކަށް ސްކޯލާޝިޕް ހަވާލުކޮށްފައިވާ ކަމަށްވެސް އެރިޕޯޓުގައިވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !