A wide advertisement which will be shown on all devices. (700 x 100)

ޔުނެސްކޯ ބައޯސްފެއަރ ރިޒާވަކަށް ފުވައްމުލައް ސިޓީގެ ކިޅީ ސަރހައްދު ހަދަނީ

ޔުނެސްކޯގެ ބައޯސްފިއަރ ރިޒާރވް އަކަށް ފުވައްމުލައް ހެދުމުގެ މަޝްވަރާ 2020 ޖެނުއަރީ މަހު ފުވައްމުލައް ސިޓީ ކައުންސިލްގައި

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލްް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ)ގެ ބައޯސްފެއަރ ރިޒާވްއަކަށް ފުވައްމުލައް ސިޓީގެ ކިޅި ސަރަހައްދުތައް ހެދުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ފުވައްމުލައް ސިޓީ ކައުންސިލްގައި ބާއްވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް ޑޮކްޓަރ އަބްދުﷲ ނަޞީރު ފުވައްމުލައް ސިޓީ ކައުންސިލްގެ އިސްވެރިންނާއި އެކު މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔާރ އަބްދުﷲ ފަލާހް ޝަރީފް އާއި ކައުންސިލްގެ އިސްވެރިންގެ އިތުރުން އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމު އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ފުވައްމުލައް ސިޓީ ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންތަކާ ބެހޭގޮތުންނެވެ. މީގެ އިތުރުން ޔުނެސްކޯގެ ބަޔޮސްފިއަރ އަކަށް ފުވައްމުލައް ސިޓީ ބަދަލުވުމުން ލިބޭނެ ފައިދާތަކާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވިފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުސިލުން ހާމަކުރައްވައެވެ.

އެގޮތުން ކަނޑައެޅޭ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މެނޭޖްމެންޓް ޕްލޭނެއް ހެދުން ހިމެނެއެވެ. މިކަމަށް ޔުނެސްކޯގެ ޓެކްނިކަލް އެހީ ލިބިގެންދިއުމުގެ އިތުރުން މިތަންތަނުން ފީއެއް ނެގިގެން ދާގޮތަށް ހަމަޖެހިގެންދާނެ ކަމަށް ވެއެވެ.

މީގެ އިތުރުން ހިމާޔަތްކުރާ ސަރަހައްދުތައް އިޝްތިހާރުކުރެވި ފަތުރުވެރިކަމުގެ ގޮތުން މާކެޓް ކުރެވިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !