A wide advertisement which will be shown on all devices. (700 x 100)

އެފްސީ ދޫނޑިގަލޯނާގެ ތަފާތު ބޮޑު މޮޅާއެކު ސެމީ ފައިނަލަށް

މިހާރު ކުރިޔަށްދާ ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2019، މެޗު 8

މިހާރު ފުވައްމުލައް ސިޓީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިޔަށްދާ ފުވައްމުލައް ސިޓީ ފުޓްސަލް މުބާރާތް 2019 ގެ 4 ވަނަ ދުވަހުގެ މެޗުތަކުން މިސްކިތްމަގު ޓީމާއި އެފްސީ ދޫނޑިގަލޯނާގެ ޓީމު މޮޅުވެއްޖެއެވެ. މި މޮޅާއެކު އެފްސީ ދޫނޑިގަލޯނާގެ ޓީމު ވަނީ ގާތްގަނޑަކަށް ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށްް ދަތުރުކޮށްފައެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް

އިއްޔެ ހަވީރު ކުޅެވުނު މުބާރާތުގެ 7 ވަނަ މެޗުގައި މިސްކިތްމަގު ޓީމާއި ވާދަކުރީ ދޫނޑިގަލޯނާ ޖޫނިއަރ ޓީމެވެ. މި މެޗު 2-0 ން ކާމިޔާބުކުރީ މިސްކިތްމަގު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މިސްކިތްމަގު ޓީމުގެ ޖާރޒީ ނަމްބަރު 12 މުހައްމަދު މުހުސިނު އެވެ.

މެޗު 7 ގެ މޮޅު ކުޅުންތެރިޔާ: މިސްކިތްމަގު ޓީމުގެ ޖ. 12 މުހައްމަދު މުހުސިނު

މި މޮޅާއެކު މިސްކިތްމަގު ޓީމު ކުޅުން 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ގްރޫގޫރުގެ ދެވަނައަށް ވާދަކުރެއެވެ. މިގްރޫޕުގަިއ ބާކީ އޮތް މެޗުން ދޫނޑިގަލޯނާ ޖޫނިއަރ ޓީމު މޮޅު ނުވެއްޖެ ނަމަ ސެމީ ފައިނަލުގެ ޖާގަ ލިބޭނީ މިސްކިތްމަގު ޓީމަށެވެ. ގްރޫޕުގެ ފަހު މެޗުން ދޫނޑިގަމަގެ 1 ނަމަބަރު ޓީމުގެ މައްޗަށް ޖޫނިއަރ ޓީމުން ކުރި ހޯދައިފިނަމަ އެމީހުންނަށް ގޯލުގެ ތަފާތުން މިސްކިތމަގު ޓީމަށްވުރެ ކުރި ލިބި ސެމީގެ ދެވަނަ ޖާގަ ލިބޭނެއެވެ.

މެޗު 8ގެ ފެށުން

މުބާރާތުގެ 8 ވަނަ މެޗުގައި އިއްޔެ އެފްސީ ދޫނޑިގަލޯނާ ޓީމާއި ދަޑިމަގު ޖޫނިއަރ ޓީމު ބައްދަލުކުރި މެޗު 8-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ޖާރޒީ ނަމްބަރު 9 އަލީ ރިލުވާމް އެވެ.

މެދު 8 ގެ މޮޅު ކުލުންތެރިޔާ: އަލީ ރިލުވާމު ޖ. 9 އެފްސި ދޫނޑިގަލޯނާ

މި މުބާރާތުގައި އެންމެ ގިނަ ގޯލު ގޯލުޖަހަމުން އަންނަ ޓީމަކީ އެފްސީ ދޫނޑިގަލޯނާއެވެ. އެޓީމު މިހާތަނަށް ކުޅުނު ދެމެޗުގައި ޖުމްލަ 18 ގޯލު ޖަހާފައި ވެއެވެ.

ބީ ގްރޫޕުން ސެމީ ފައިނަލުގައި ކުޅޭނީ 1 ވަނަ ހޯދަޑު ސްޕޯރޓްސް، 2 ވަނަ އެފްސީ ދަޑިމަގު އެވެ. ސެމީފައިނަލުގައި ކުޅޭނީ ގްރޫޕްގެ 1ވަަނަ އަދި ދެވަނަ ކޮރޮސްކޮށެވެ.

މިއަދު ހަވީރު ކުޅޭ ގްރޫޕ ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކުރާނީ ދޫނޑިގަލޯނާ ޖޫނިއަރސް ޓީމާއިއެފްސީ ދޫނޑީގަލޯނާގެ ޓީމެވެ.

މާދަމާ ސެމީފައިނަލުގެ 2 މެޗު ކުޅެފައި ފައިނަލް މެޗު ކުޅޭނީ އެއިގެ އަނެއްދުވަހު އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !